އިންފްލޭޝަން

މެއި މަހު އަގު އުފުލުނީ 0.67 ޕަސެންޓަށް

Jul 11, 2022
މާލޭގެ އަންނައުނު ފިހާރައެއް. މެއި މަހު އަގު އުފުލުނީ 0.67 ޕަސެންޓަށް ކަމަށް އެމްއެމްއޭ އިން ބުނޭ -- ފޮޓޯ: އަވަސް
0%
0%
0%

ރާއްޖޭގެ އިންފްލޭޝަން މިދިޔަ މެއި މަހުގެ ނިޔަލަށް 2.5 ޕަސަންޓަށް މަތިވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފި އެވެ.

އެމްއެމްއޭ ބަލަހައްޓަމުންދާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގެ އިންފްލޭޝަން ހުރީ 1.2 ޕަސަންޓްގަ އެވެ.

މެއި މަހު އިންފްލޭޝަން މައްޗަށް ދިޔައީ ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ ޕެޓްރޯލުގެ އަގު ބޮޑުވުމުންނާއި، ރެސްޓޯރެންޓް ކެފޭގެ ހިދުމަތްތަކާއި އެއްގަމު މަހާއި މޭވާގެ އަގުތައް މައްޗަށް ދިއުމުންނެވެ. އަދި ބޭހާއި ދުންފަތާއި ކަނޑު މަހުގެ އަގު ބޮޑުވުމަކީވެސް އިންފުލޭޝަން މައްޗަށް ދިޔަ ސަބަބުތަކެކެވެ.

މެއި މަހުގެ އެކަނި އިންފުލޭޝަން 0.67 ޕަސަންޓް މައްޗަށް ޖެހިފައިވެ އެވެ.

ތަކެތީގެ އަގު ބޮޑުވެ އިންފްލޭޝަން މައްޗަށް ދާއިރު ސަރުކާރުން ވަނީ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑޫކުރަން ނިންމާފަ އެވެ. އެގޮތުން ނިންމާފައިވަނީ އަންނަ އަހަރުގެ އެއްވަނަ ދުވަހުން ފެށިގެން ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރާށެވެ.

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމާ އެކު ތަކެތީގެ އަގުތައް އިތުރަށް އުފުލި އިންފްލޭޝަން މައްޗަށް ދާނެ ކަމަށް ތަޖުރިބާކާރުން ގަބޫލުކުރައްވަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910