އިނގިރޭސިވިލާތް

އިނގިރޭސިންނަށް އާބޮޑުވަޒީރެއް ސެޕްޓެމްބަރު 5 ގައި

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ނިސްބަތްވެ ވަޑައިގަންނަވާ ކޮންޒަވޭޓިވް ޕާޓީގެ ލީޑާޝިޕަށް ބަދަލުތަކެއް އަންނަނީ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެ ޕާޓީއަށް އާ ލީޑަރަކު ހޮވައި އިއުލާންކުރުން ސެޕްޓެމްބަރު ފަހެއްގައި އޮންނާނެ އެވެ.

ބޮރިސް ޖޯންސަން އިނގިރޭސި ބޮޑުވަޒީރުގެ މަގާމު ދޫކޮށް ލައްވާނެކަން މިހާރު އިއުލާން ކޮށްފައި އޮތްއިރު، ޕާޓީ ތެރޭގައި، މެމްބަރުންގެ މެދުގައި މިހާރު އޮތީ ވެރިކަން ހޯދުމުގެ ވާދަވެރިކަމެވެ.

އިނގިރޭސި ހެލްތު މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވި ސާޖިދު ޖާވިދު އާއި ފައިނޭން މިނިސްޓަރު ރިޝީ ސުނަކް އަދި ފޮރިން މިނިސްޓަރު ލިޒް ޓްރަސް ވެސް ވަނީ ޕާޓީގެ ވެރިކަމާއި ބޮޑުވަޒީރުކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.

ބޮރިން ޖޯންސަނަށް ފަހު އިނގިރޭސި ބޮޑުވަޒީރަކަށް ވާނީ ކޮން ބޭފުޅެއްތޯ މިއީ މިހާރު އިންގިރޭސިންގެ އިތުރުން ދުނިޔެއަށް ވެސް ވަރަށް ބޮޑު ސުވާލެކެވެ. އެ މަގާމަށް ވާދަކުރައްވާ ކޮންމެ ބޭފުޅަކު ވެސް ވިދާޅުވަނީ ޝަރުތު ފުރިހަމަވާ ކަމަށެވެ.

އިނގިރޭސި ވަޒީރެއްގެ މަގާމަކީ ބޮޑުވަޒީރަށް ވަކި ދޫނުކުރާ ޒިންމާތަކެއް އޮންނަ މަގާމެއް ކަމަށް ކޮންމެ ބޭފުޅަކު ވެސް ވިދާޅުވެ އެވެ. އެހެން ނަމަވެސް އުސޫލެއް ގޮތުން ވަކި މީހަކަށް އިސްކަން ދިނުމެއް ނެތި ވެރިކަން ހަވާލުރަން މީހަކު ކަނޑައަޅާނެ ކަމަށް ވަނީ މަޝްވަރާ އާއި ފެންނަ ނުފެންނަ ވޯޓުންނެވެ.

އިނގިރޭސިވިލާތަށް ބޮޑުވަޒީރަކު ހޮވުމުގައި މި ފަހަރު ބޮރިސް ޖޯންސަން ހެއްދެވި ގޯސްތަކުން ވެސް ތަޖުރިބާ ހޯދާނެ އެވެ. އަޚުލާގީ ގޮތުން އަދި ގާބިލުކަމަށް ބަލައި ދެވޭ މާކުސް އިތުރުވާނެ ކަމަށް ބެލެވެ އެވެ.

ބޮރިސް ޖޯންސަންއަށް އިސްތިއުފާ ދެއްވަން ޖެހިވަޑައި ގަތުމުގައި އަޚުލާގު ދަށްވުމާއި އޮޅުވާލުމާއި ހައިސިއްޔަތު ބޭނުން ތަންކޮޅެއް ބޮޑަށް ހިއްޕެވުން ވެސް ހިމެނެ އެވެ.

އަޚުލާގީ ގޮތުން ވަރަށް ދަށު ދަރަޖައިގެ މެމްވަރުންނަށް ވަޒީރުކަން ދެއްވައި ވަކި ބަޔަކު މަގާމުގައި ދަމަހައްޓަން އޮޅުވާލެއްވުން ހިމެނެ އެވެ.