މޯލްޑިވްސް ޕޮލިސް ސާވިސް

ގެއްލުނު ކުއްޖާ ފެނިއްޖެ، ހާލު ރަނގަޅު

މާލެ އިން ގެއްލިގެން ހޯދަމުން އައި ކުޑަކުއްޖާ ފެނިއްޖެ އެވެ.

ގެއްލިގެން ހޯދަމުން އައީ އައިމިނަތު ޒަރާ ރިޔާޒް ނަމަކަށް ކިޔާ ކުއްޖެކެވެ. އެއީ އައްޑޫ ސިޓީއަށް ނިސްބަތްވާ ކުއްޖެކެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ކުއްޖާ މިހާރު ފެނިފައިވާ ކަމަަށެވެ. އަދި ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ. އިތުރު ތަފްސީލު ނުދީ ފުލުހުން ބުނީ އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަަށެވެ.