ކ. މާފުށި ބޭރުން ދޯންޏެއްގެ ބައެއް އޮޔާދާތީ ސަމާލުވާން އިލްތިމާސް ކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ ކ.މާފުށި ބޭރުން ދެ ނޯޓިކަލް މޭލު އިރުން ދޯންޏެއްގެ ބައެއް އޮޔާދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލު ވުމަށް އިލްތިމާސް ކޮށްފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދޯންޏެއްގެ ބައެއް އޮޔާދަނީ ކ.މާފުށީގެ އިރުމައްޗަށް ވާގޮތަށް ކަމަށްވެސް ބުންޏެވެ. އެހެން ކަމުން އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މި ކަމަށް ސަމާލުކަން ދިނުމަށާއި ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށެވެ.