އެމްއެންޑީއެފް

ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ، ހާލު ރަނގަޅު

ވަދު އަޅައިގެން މަސް ބާނަން ގޮސް އުޅުނު ދުވަސްވީ މީހަކު ދޯންޏާއެކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ އެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ކ. މާފުށިން މަހަށް ދިޔަ އުމުރުން 81 އަހަރުގެ ކ. މާފުށި، ޝޭޑީ ގްލޯވާ، އަހުމަދު އާދަމް މަނިކެވެ. އެ މީހާ މަހަށް ފުރީ ފަތިހު 5:30 އެހާކަންހާއިރު އެވެ. މެންދުރުވީއިރުވެސް އޭނާގެ ހަބަރެއް ނުވެގެން ސިފައިން ހޯދަން ފެށީ އާއިލާއިން އެކަން ރިޕޯޓް ކުރުމުންނެވެ. ސިފައިން ވަނީ ކަނޑުއުޅަނދު ފަހަރާއި ވައިގެ މަގުން އޭނާ ހޯދުމަށް މަސައްކަތް ކޮށްފައެވެ. ފެނުނުއިރު އޭނާގެ ހާލު ރަނގަޅެވެ.