މޯލްޑިވްސް ޕޮލިސް ސާވިސް

ބަންގްލަދޭޝްގެ އަލަމްގިރި ހައްޔަރު ކޮށްފި

ބަންގަލްދޭޝްގެ އެމްޑީ އަލަމްގިރި ހައްޔަރު ކޮށްފި އެވެ. އަލަމްގިރި އަކީ މި ފަހުން އާންމުވި އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކުގައި އުޅޭ ކަމަަށް ބުނާ ބިދޭސީ މީހާ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ގިނަ އަދަދެއްގެ ބަޔަކު ބްލެކްމެއިލް ކުރުމުގެ މައްސަލަ އާއި އެއް ޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން އަލަމްގިރި ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ.

އިތުރު ތަފްސީލު ނުދީ ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.

މިހާތަނަަށް އާންމުވި ބައެއް ވީޑިއޯތަކުގައި އަލަމްގިރި ކަމަށް ބުނާ މީހާ ދިވެހީންގެ ދެ މީހަކާއި ގުޅުން ހިންގާ މަންޒަރު ފެނެއެވެ. އެކަކީ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ކަމަށް ބެލެވޭ މީހެކެވެ. އަދި ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓުގައި މަސައްކަތްކުރާ ފުލުހަކާއެކު ގުޅުން ހިންގަނިކޮށް ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. އެއީ 30 މިނެޓްގެ ދިގު ވީޑިއޯ އެކެވެ. އަނެއް މީހަކީ ކާނަލް މުހައްމަދު ނަޝީދު ކަމަށް ބެލެވޭ މީހެކެވެ. ނަމަވެސް ނަޝީދުއާއެކު ޖިންސީ ގުޅުން ހިންގާ މަންޒަރެއް ނުފެނެއެވެ.

މި ވީޑިއޯތައް ކޮށްފައިވަނީ އަލަމްގިރި އެވެ. އޭނާ އުޅޭ ކޮޓަރިއަށް މީހުން ގެނައުމުގެ ކުރީން ކެމެރާ ސެޓްކޮށް ރެކޯޑަށް ޖައްސަނީ އޭނާ އެވެ.

އަލަމްގިރި ހައްޔަރު ކުރުމުގެ ކުރީން އޭނާގެ ޕާސްޕޯޓް އޮތީ ހިފަހައްޓާފައެވެ. ވީޑިއޯތައް އާންމުވެ ދިވެހީންގެ ރުޅިފަޅައިގެން ދިއުމުން އަލަމްގިރި ވަނީ ވީޑިއޯއެއް އާންމުކޮށް ދިވެހީންގެ ކިބައިން މާފަށް އެދިފައެވެ. އޭނާ ބުނީ އޭނާއަކީ ވަރަަށް ފަގީރު މީހެއް ކަމަށާ ހެޔޮ ނުބައި ނޭންގޭ ކަމަށެވެ. އަދި ބުނީ އޭނާ އެދެނީ ދިވެހީންގެ މައާފު ލިބުމަށް ކަމަށެވެ.