ރައީސް މައުމޫން އަބްދުލްގައްޔޫމް

މިރޭ ފެންނަ މާހަނދު ބޮޑުވެފައި އަލިވާނެ: މައުމޫން

މިރޭ ފެންނަ "މާހަނދު" އެހެން މަސްމަހު ފެންނަ ފުރިހަމަ ހަނދަށް ވުރެ ބޮޑުވެފައި އަލި ގަދަވާނެ ކަަމަށް ފަލަކީ މާހިރުން ބުނާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނަކީ ފަލަކީ އިލްމަށް މޮޅު ބޭފުޅެކެވެ. އެ އިލްމަށް ވަރަށް ޝައުގުވެރިކަން ހުރި އަދި ލިބިވަޑައިގެންފައިވާ އިލްމު އާންމުންނަށް ހިއްސާ ކުރައްވާ ބޭފުޅެއްގެ ގޮތުގައި ރައީސް މައުމޫން ފާހަގަ ކުރެވެއެވެ.

މިރޭގެ "މާހަނދު"އާ ގުޅޭގޮތުން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިރޭ ފެންނަ "މާހަނދު" އެހެން މަސްމަހު ފެންނަ ފުރިހަމަ ހަނދަށް ވުރެ ހަތް ޕަސެންޓް ބޮޑުވާނެ ކަމަށެވެ. އަދި 15 ޕަސެންޓް އަލި ގަދަވާނެ ކަމަށް ފަލަކީ މާހިރުން ބުނާ ކަމަށެވެ.

މިރޭ އުޑުމަތި ސާފު ނަމަ އާދަޔާ ހިލާފު ރީތި މަންޒަރަކަށް ވެގެން ދާނެ ކަމަށް ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވިއެވެ.

"މިރޭ ފެންނަ މާހަނދު އެހެން މަސްމަހު ފެންނަ ފުރިހަމަ ހަނދަށް ވުރެ ގާތްގަނޑަކަށް ހަތް ޕަސެންޓް ބޮޑުވެފައި 15 ޕަސެންޓް އަލި ގަދަވާނެ ކަމަށް ފަލަކީ މާހިރުން ބުނޭ. އުޑުމަތި ސާފުނަމަ އާދަޔާ ހިލާފު ރީތި މަންޒަރަކަށް ވާނެ. ބައްލަވާ ލައްވާ،" މައުމޫންގެ ޓްވީޓްގައި ވިދާޅުވިއެވެ.