ގޮތަބަޔާ ރާޖަޕްކަސާ

ގޮޓަބަޔާއަށް ސިންގަޕޫރުން ހިމާޔަތް ދީފި، ރާއްޖެއިން ފުރުން ހަވީރު

ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ --
100%
0%
0%

ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އަށް ސިންގަޕޫރުން ހިމާޔަތްދޭން އެެއްބަސްވެއްޖެ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފި އެވެ.

ލަންކާގެ ނޫސްތަކާއި ބައިނަލްއަގްވާމީ ބައެއް ނޫސްތަކުން ދެންމެ ބުނީ ފިއްލަވައިގެން ރާއްޖޭގައި ހުންނެވި ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސައަށް ހިމާޔަތް ދޭން ސިންގަޕޫރުން އެއްބަސް ވެފައިވާ ކަމަށެވެ. އަދި ރައީސް ގޮޓަބަޔަ ރާޖަޕަކްސަ މިއަދު ހަވީރު ރާއްޖެއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަަށެވެ.

ސިންގަޕޫރުން ހިމާޔަތް ލިބިވަޑައިގެންފައިވާ ކަމަށް ނޫސްތަކުން ބުނި ނަމަވެސް ރަސްމީ އެއްވެސް އިދާރާއަކުން އެކަން ކަށަވަރު ކޮށެއް ނުދެއެވެ. ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ރޭ ދަންވަރުގެ ވަގުތެއްގައި ރާއްޖެ ވަޑައިގަތީ ކުއްލި ގޮތަކަށް އަސްކަރީ ޖެޓެއް ގައެވެ. ލަންކާއިން އެެމަނިކުފާނަށް ހިމާޔަތް ދިން މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ.

ރައީސް ގޮޓަބަޔަ ރާއްޖެ ވަޑައިގެންނެވުމުގެ ކުރީން އިންޑިއާއިން އެހީތެރިކަން ހޯއްދަވަންވެސް މަސައްކަތް ކުރެއްވި ކަމަށް ވެއެވެ. އަދި ރާއްޖެ ވަޑައިގަތުމުގައިވެސް އިންޑިއާގެ ދައުރެއް އޮތް ކަމަށް ބުނެވެއެވެ. ނަމަވެސް އިންޑިއާ ސަރުކާރުން ވަނީ އެ ތުހުމަތު ދޮގު ކޮށްފައެވެ. އަދި އިންޑިއާ އޮތީ ލަންކާގެ ރައްޔިތުންނާއެކު އެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދީ މަސްލަހަތު ހިމާޔަތް ކުރުމުގައި ކަމަށް ބުންޏެވެ.

ގޮޓަބަޔާ ޔޫއޭއީންވެސް ހިމާޔަތް ހޯއްދަވަން މަސައްކަތް ކުރެއްވި ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އިއްޔެގެ ވަގުތެއްގައި ވައިގެ މަގުން ނުވަތަ ކަނޑުގެ މަގުންވެސް ލަންކާއިން ބޭރަށް ވަޑައިގަތުމަށް މަސައްކަތް ކުރެއްވި ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓް ކުރިއެވެ. އެ މަގަށް ހުރަސް އެޅީ އިދާރާތަކުގެ މުވައްޒިފުން ކަމަށް ބުންޏެވެ.

ގައުމު ދޫކުރައްވާ ވަޑައިގަތުމުން ވަގުތީ ރައީސެއްގެ ގޮތުގައި ރައީސްގެ ހުރިހާ ބާރުތަކެއް ބޮޑުވަޒީރު ރަނިލްއާ ވަނީ ހަވާލު ކުރައްވާފައެވެ. އެކަން ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވަނީ ރަސްމީކޮށް އިއުލާނު ކުރައްވާފައެވެ. މި އިއުލާނާއެކުވެސް ލަންކާގެ ހަލަބޮލި ހަމަނުޖެހުން ބޮޑު މަސްރަހު އިތުރަށް ގޯސްވީ އެވެ. ލަންކާގެ ގިނަ ރައްޔިތުންގެ ވިސްނުމުގައި ރައީސް ގޮޓަބަޔަގެ އިތުރުން ބޮޑުވަޒީރު ރަނިލްވެސް މަގާމުން ދުރަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވައެވެ. ހާލަތުގެ ބޭނުން ހިއްޕަވާ މަގާމަށް ވަޑައިގެންނެވި ނަމަވެސް ރަނިލް އަކީ ލަންކާ އޮތް ހާލަތު ރަނގަޅު ކުރެއްވޭނެ ލީޑަރެއް ކަމަކަށް އެ ރައްޔިތުން ނުދެކެއެވެ.

ލަންކާގެ އާންމުން މަގުތަކަށް ނިކުތުމުން ބޮޑުވަޒީރު ރަނިލް ވަނީ ގައުމުގެ ބޮޑު ސަރަހައްދެއްގައި ކާފިއު ހިންގަން އަމުރުކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވާފައެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސަރުކާނު

ތީން ކޮންމެ ޖަމެއްގައިވެސް އިންޑިއާ މެޑެލްޖަހާނެ، ހިޔަޅުކަން ވަރަށް ގަދަ ޤައުމެއްތީ

2000

މިއީ އިބްރަތެއް. ކިތަންމެ ބާރުގަދަޔަށް އަދި ކިތަންމެ ރައްޔިތުން ކުރިން ލޯބި ވި ނަމަވެސް އެކަން ބަދަލް ވުމަށް މާގިނަ ދުވަހެއް ނުވާކަން. ރާއްޖޭގެ ސިޔާސީ ލިޑަރުން މިކަން ވާނެ އަބަދުވެސް ގަބޫލް ކުރަން. މިސާލަކަށް އަންނި. އަންނި އަކީ ކުރިން ރައްޔިތުންގެ ހިތްތައް ފަތަހަ ކޮށްފައި ހުރި މީހެއް. އެކަމަކު މިޙާރު 10% ލިބުނު ނަމަވެސް މަގޭ ލޫކަސް އެކު އެކޮޅު ކޮޅުން ބުރިޖް މަތީން ހިގާނަން

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910