ގޮތަބަޔާ ރާޖަޕްކަސާ

ގޮޓާބަޔާ ފުރާވަޑައިގަންނަވަން ޕްރައިވެޓް ޖެޓެއް ހަމަޖައްސަނީ

ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވި ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ފުރާވަޑައިގަންނަވަން ޕްރައިވެޓް ޖެޓެއް ހަމަޖެއްސުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓް ކޮށްފި އެވެ. ލަންކާގެ ޑެއިލީ މިރާ ގައި ބުނެފައިވާ ގޮތުން ރައީސް ގޮތަބަޔާ ކުރީން ފުރާ ވަޑައިގަތުމަށް ހަަމަޖެހިފައި އޮތީ މިރޭ 12 ގެ ކުރީން އޮތް ސިންގަޕޯ އެއާލައިންގެ ފްލައިޓަކުންނެވެ.

އެ ނިންމުން ބަދަލު ކުރެއްވީ ސަލާމަތީ ސަބަބުތަކަށްޓަކައެވެ. އަދި މިހާރު މަސައްކަތް ކުރަމުން ދަނީ ވީހާވެސް އަވަހަށް ސިންގަޕޫރަށް ވަޑައިގަތުމަށް ރައިވެޓް ޖެޓެއް ހަމަޖެއްސުމުގެ މަސައްކަތެކެވެ. ރޭ ދަންވަރުން ފެށިގެން ގޮޓަބަޔާ ހުންނެވީ ރާއްޖޭގައެވެ. ސިފައިންގެ އަސްކަރީ ރަށް -- ގިރިފުށި -- ގައި ހުންނެވި ކަމަށް ބައެއް މަސްދަރުތައް ބުނެއެވެ. ނަމަވެސް އެއްވެސް އިދާރާއަކުން އެކަން ޔަގީން ކޮށެއް ނުދިނެވެ. ލަންކާގެ ރައްޔިތުން ރުޅިގަދަވެފައި ވަނިކޮށް ރާއްޖެއިން ގޮޓަބަޔަ އަށް ވަގުތީ ގޮތުން ހިމާޔަތް ދިން ސަބަބާއި ގުޅޭގޮތުން ކޮމެންޓެއް ކުރަންވެސް ސަރުކާރު އޮތީ ފަސްޖެހިފައެވެ.

ލަންކާ ނޫސްތަކުން ބުނާ ގޮތުގައި ގޮޓަބަޔަ ރާޖަޕަކްސަ އަށް ސިންގަޕޫރުން ހިމާޔަތްދޭން އެެއްބަސްވެއްޖެ އެވެ. އެހެން ކަމުން އިސްތިއުފާގެ ސިޓީ ފޮނުއްވާނީ ސިންގަޕޫރަށް ވަޑައިގެންނެވުނު ވަގުތަކުންނެވެ. މިރޭ އޮތް ކުރާން އޮތް ދަތުރުފުޅު ފަސްވުމުން މިރެއާއި މާދަމާގެ ބައެއް އަދި ހޭދަ ކުރައްވާނީ ރާއްޖޭގައި ކަމަށް ބެލެވެއެވެ.

ލަންކާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ކޮލަމްބޯގައި ހުންނަ ރައީސުލްޖުމްހޫރިއްޔާގެ ގެ އާއި އޮފީސް ވެސް ލަންކާގެ މުޒާހަރާގެ ބައިވެރިންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނިކޮށް މި މަހުގެ ނުވަވަނަ ދުވަހުގެ ރޭ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ވަަނީ މަގާމުން އިސްތިއުފާ ދެއްވާނެ ކަން އިއުލާނު ކުރައްވާފައެވެ.

ނަމަވެސް ލަންކާގެ ޕާލަމެންޓްގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދެނާ ވިދާޅުވި ގޮތުގައި 12 ޖެހުމާ ހަަމައަށްވެސް ރައީސްގެ އިސްތިއުފާގެ ސިޓީ ލިބިވަޑައިނުގަތެވެ. ލަންކާގެ ނޫސްތަކުގައި ރިޕޯޓް ކުރާ ގޮތުން އިސްތިއުފާ ދެއްވުން ފަސް ކުރެއްވީ ހިމާޔަތް ލިބިވަޑައިގަންނަވާނެ ފަދަ ތަނަކަށް ވަޑައިގެންނެވެންދެނެވެ.