އިސްލާމިކް ސްޓޭޓް

އައިއެސްގެ ހަމަލާތަކުގައި ލީބިޔާގެ ތެޔޮ ޓޭންކް ތަކުގައި ރޯކޮށްލައިފި

ހައްދު ފަހަނައަޅާފައިވާ އައިއެސް ޖަމާއަތާއި ލީބިޔާގެ ސިފައިންނާ ދެމެދު ބަދަލުކުރާ ހަމަލާތަކުގައި ލީބިޔާގެ ތެޔޮ ޓޭންކް ތަކަކަށް ހަމަލާދީފި އެވެ.

އިއްޔެ ދިން މި ހަމަލތަކާއެކު ތެޔޮ ޓޭންކް ތަކުގައި ރޯވި އަލިފާންގަނޑު އަދިވެސް ނިއްވާލެވިފައި ނުވާއިރު އެ ހަމަލާތަކުގައި މިހާތަނަށް ލީބިޔާ ސިފައިންގެ ނުވަ މީހުން މަރުވެ 40 މީހުން ޒަހަމްވެފައިވާ ކަމަށް ލީބިޔާ ސިފައިންގެ ތަރުޖަމާނަކު ވަނީ ވިދާޅުވެފަ އެވެ. އަދި މި ހަމަލާތަކުގައި އައިއެސް ހަނގުރާމަވެރިންގެ 30 މީހަކު މަރުވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ލީބިޔާގެ ތަރުޖަމާނު ވިދާޅުވީ ތެޔޮ ޓޭންކްތައް ހިމެނޭ ސަރަހައްދު އަދިވެސް އޮތީ އެތަން ބަލަހައްޓަމުންދާ ގާޑުންގެ ކޮންޓްރޯލްގެ ދަށުގައި ކަމަށެވެ. ނަމަވެސް އިއްޔެގެ ހަމަލާގައި 420،000 އާއި 460،000 ދެމެދުގެ ތެޔޮ ފީފާގައި އަނދާފައިވާ ކަމަށެވެ.

ލީބިޔާގައި ތެލުގެ މަސައްކަތް ކުރާ ދެ ސަރަހައްދު ކަމަށްވާ އީއެސް ސައިޑާ އަދޮ ރަސް ލަނޫފް ވަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ބަންދުކޮށްފަ އެވެ. އިއްޔެ މި ދެސަރަހައްދަށް ހަމަލާދިނީ ބަންދުކޮށްފައި ވަނިކޮށެވެ.

ތެލުގެ ވިޔަފާރި އަކީ ލީބިޔާގެ އިގްތިސާދުގައި ބޮޑު ދައުރެއް އަދާކުރާ ވަސީލަތެވެ.