ޓްރީ ޓޮޕް ހޮސްޕިޓަލް

ހަކުރު ބައްޔަށް ސްކްރީން ކުރަން ހާއްސަ ޕެކޭޖުތަކެއް

Jul 13, 2022

ހަކުރު ބައްޔަށް ސްކްރީން ކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލްގައި ހާއްސަ ޕެކޭޖުތަކެއް ތައާރަފްކޮށްފި އެވެ.

ޕެކޭޖް ފަރުމާކޮށްފައިވަނީ ހަކުރު ބަލި ހުރިކަން ދެނެގަތުމަށާއި، ހަކުރު ބަލި ހުރިކަން އެނގޭ މީހުންނަށް ބަލީގެ ނުރައްކާ ހުރި މިންވަރު ދެނެގަނެވޭނެ ގޮތަށެވެ.

ރާއްޖޭގައި ހަކުރު ބަލީގެ މީހުން ވަރަށް ބޮޑަށް އިތުރުވެފައިވާއިރު ޓްރީ ޓޮޕް ހޮސްޕިޓަލުން ތައާރަފްކޮށްފައިވާ ޕެކޭޖުގައި ބޭސިކް އަދި ކޮމްޕްރިހެންސިވް އިހްތިޔާރުކުރެވެ އެވެ.

ބޭސިކް ޕެކޭޖުގައި ހިމެނޭ ކަންކަން

  • ޖެނަރަލް ކޮންސަލްޓޭޝަން
  • އޮފަމޮލަޖިސްޓަކަށް ދެއްކުން
  • ޑައިޓީޝަނަކަށް ދެއްކުން
  • ފާސްޓިން ބްލަޑް ސުގަ
  • އެޗްބީއޭ/ސީ
  • ލިޕިޑް ޕްރޮފައިލް
  • ލިވާ ޕްރޮފައިލް
  • ރީނާ ޕްރޮފައިލް
  • ތައިރޮއިޑް ސްޓިމްލޭޓިން ހޯމޯން
  • ޕޯސްޓް ޕްރެންޑިއާ ބްލަޑް ސުގާ
  • އީސީޖީ

ބޭސިކް ޕެކޭޖު ނަގައިގެން ސްކްރީން ކުރިއަށް ގެންދާނަމަ މުޅި ޕެކޭޖަށް 2،000 ރުފިޔާ ދައްކަންޖެހެ އެވެ.

ކޮމްޕްރިހެންސިވް ޕެކޭޖުގައި ހިމެނޭ ކަންކަން

ބޭސިކް ޕެކޭޖު ހިމެނޭ ހުރިހާ ކަމެއްގެ އިތުރުން ފުލް ބުލަޑް ކައުންޓް، އެކޯކާޑިއާގްރަފީގެ އިތުރުން އަލްޓްރާސައުންޑް އެބްޑޮމަން-ޕެލްވިސް ވެސް ހިމެނެ އެވެ.

ކޮމްޕްރިހެންސިވް ޕެކޭޖު ނަގައިގެން ސްކްރީން ކުރިއަށް ގެންދާނަމަ މުޅި ޕެކޭޖަށް 3،500 ރުފިޔާ ދައްކަންޖެހެ އެވެ. ހުރިހާ އުމުރުފުރައަކަށްވެސް ސްކްރީން ކޮށްދެ އެވެ.

ހަކުރު ބަލީގެ ނުރައްކަލާ އާންމުކޮށް ކުރިމަތިލާންޖެހޭ މީހުންނަކީ 35 އަހަރަށް ވުރެ މަތީގެ ބްލަޑް ޕްރެޝަރު އަދި ކޮލެސްޓްރޯލް މަތި މީހުންނާއި، އާއިލާގައި ހަކުރު ބަލި ހުންނަށް މީހުންނާއި، ހަކުރު އެކުލެވޭ ކާބޯތަކެތި ކެއުމުގައި ގިނައިން ބޭނުންކުރާ މީހުންނާއި، ކަސްރަތު ކުރުމަށް ޝައުގުވެރިނުވާ މީހުންނާއި، މާބަނޑު ދުވަސްވަރު ހަކުރު ބަލިޖެހިފައި ހުންނަ މީހުންނާ އަދި އާއިލާގައި ހަކުރު ބަލި ހުންނަށް މީހުންނެވެ.