ހުޅުމާލެ

ރެހެންދި ސްކޫލުގެ "ރެހެންދި ސޭލް" ކުރިއަށް ދަނީ

Jul 13, 2022
1

ހުޅުމާލޭގައި ހިންގާ ރެހެންދި ސްކޫލުގެ ޕީޓީއޭ އިން އިންތިޒާމުކޮށްގެން ބާއްވާ "ރެހެންދި ސޭލް" ފަށައިފި އެވެ.

ރެހެންދި ސްކޫލުގައި މި ސޭލް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސޭލް ކުރިއަށް ގެންދަނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން މެންދަމު 12:00 އަށެވެ.

ރެހެންދި ސޭލްގައި އަންނައުނާއި، ބަދިގެ ސާމާނާއި، ފައިވާނާއި ބޫޓްގެ އިތުރުން ރީތިވާ ސާމާނު ފަދަ އެތައް އައިޓަމްތަކަކާއި، ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް ލިބެން ހުރެ އެވެ.

ރެހެންދި ސްކޫލުން ބުނީ މާލޭ ސަރަހައްދުގައި ވިޔަފާރިކުރާ ގިނަ ވިޔަފާރިވެރިންތަކެއް ބައިވެރިވާ މި ސޭލްގައި ވަރަށް ހެޔޮ އަގުގައި މުދާ ގަންނަން ލިބޭނެ ކަމަށެވެ.

ރެހެންދި ސްކޫލުގެ ޕީޓީއޭ އަކީ ތަފާތު ހަރަކާތްތައް ހިންގައިގެން ސްކޫލަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމަށް ފައިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ޕީޓީއޭ އެކެވެ.