އިމްރާން އަބްދުﷲ

އިމްރާންގެ ރައްދެއް: ދީނަަށް އެންމެ ބޮޑު ހިދުމަތެއް ކުރީ އަދާލަތުން

ހޯމް މިނިސްޓަރު އަދި އަދާލަތުގެ ރައީސް އިމްރާން އަބްދުﷲ. ސިޔާސީ ޕާޓީތަކުގެ އެތެރޭގެ މަސްލަހަތާއި މުޅި ގައުމުގެ މަސްލަހަތާ ގުޅިފައިވާ ކަމަށް އިމްރާން ވިދާޅުވި -- ފޮޓޯ: އަވަސް
66.7%
0%
33.3%

ދެހާސްފަސްވަނަ އަހަރުން ފެށިގެން މިހާތަނަށް އިސްލާމްދީނަށް އެންމެ ބޮޑު ހިދުމަތެއް ކުރީ އަދާލަތު ޕާޓީން ކަމަަށް ވިދާޅުވެ އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ޓްވީޓެއް ކުރައްވައިފި އެވެ. އިމްރާންގެ މިފަހަރުގެ ޓްވީޓް މި އައީ ރޭ މެންދަމު ކުރެއްވި ޓްވީޓަކާއި ގުޅިގެން އާންމުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް އޭނާއަށް އަމާޒުވެ ހޫނު ފެނަށް ވެއްޓިފައި ވަނިކޮށެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަޔަކު ގަބޫލުކުރިޔަސް ނުކުރިޔަސް މިދިޔަ ތިން އަހަރު ނުވަތަ 2005 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބެލިނަމަވެސް އަދާލަތުގެ އިލްމުވެރީންނަށް ވުރެ ބޮޑަށް އިސްލާމް ދީނަަށް ހިދުމަތް ކުރި ޕާޓީއެއްވެސް އަދި ޖަމާއަތެއްވެސް ރާއްޖޭގައި ނެތް ކަމަށެވެ. އެއީ ހަގީގަތް ކަމަަށް ވިދާޅުވިއެވެ.

ރޭ މެންދަމު ކުރެއްވި ޓްވީޓެކޭ އެއް ގޮތަށް މި ޓްވީޓަށްވެސް ވަރަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ. އަދި އިމްރާން ހެއްދެވީ ވަރަށް ބޮޑު ދޮގެއް ކަމަަށް ފާޑުކީ މީހުން ބުނެފައިވެއެވެ.

އަދާލަތު ޕާޓީ އުފެދުނީ ދީނީ އިލްމުވެރީންތަކެއްގެ ވަރަށް ބުރަ މަސައްކަތުން ދީނަށް ހިދުމަތް ކުރުމަށް ނަމަވެސް އެ މިސްރާބަށް ޕާޓީ ނުދާތީ ގިނަ އިލްމުވެރީން ވަނީ އެ ޕާޓީ ދޫކޮށްލައްވާފައެވެ. އިމްރާން، ސްޑޭންޑް ބަދަލު ކުރައްވާވަރުންނާއި ދައްކަވާ ވާހަކަފުޅުތައް ވަށައި ނުޖެހޭތީ އެ ޕާޓީވެސް ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

ދެހާސްފަސްވަނަ އަހަރުން ފެށިގެން މިހާތަނަށް އިސްލާމްދީނަށް އެންމެ ބޮޑު ހިދުމަތެއް ކުރީ އަދާލަތު ޕާޓީން ކަމަަށް ވިދާޅުވެ އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ޓްވީޓެއް ކުރެއްވި ނަމަވެސް އެ ޕާޓީއަށް ވުރެ މާ ހަރަކާތްތެރި އަދި ދިވެހިރައްޔިތުން ދީނީ ގޮތުން ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރާ ޖަމިއްޔާތައްވެސް އެބަ ހުއްޓެވެ. އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ޖަމިއްޔަތުއް ސަލަފެވެ. ރާއްޖޭގެ އެންމެ ފުންނާބު އުސް އިލްމުވެރީން ނިސްބަތްވާ އެ ޖަމިއްޔާ ހަފްތާގެ ހަމަ ކޮންމެ ދުވަހަކު ހެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދީނީ ހަރަކާތްތައް ހިންގައެވެ. ރައްޔިތުންގެ ވަރަށް ބޮޑު ޝައުގުވެރި ކަމެއް އެ ހަރަކާތްތަކަށް އޮވެއެވެ. އެ ޖަމިއްޔާގެ ހަރަކާތްތަކާއި ގާތް ކުރާ އަދަދަކަށް ވެސް އަދާލަތުގެ ދީނީ ހަަރަކާތްތަކެއް ނުފެނެއެވެ.

އަދާލަތު ގިނަ ބަޔަކު ފާހަގަ ކުރަނީ ސިޔާސީ މަސައްކަތަށް ހުސްވެ އޮތް ޕާޓީއެއްގެ ގޮތުގައެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސަނާ

ޢަޅެ ފަހެ ލަދެއް ހަޔާތެއްނެތް އިންސާނެއްދޯ ދޮގު ހެދުމަށް މިހާ މޮޅުވީ ކިހިނެއް ހަދައިގެންބާ ނަސީދުއާ ބައިވެރިވި ކޮންމެ މީހަކުވެސް މިދަދަ ހާލުގައި ތިބިތަން މިފެންނަނީ ހެޔޮ ވިސްނުން ދެއްވާށި

ސޭކުރާނު

އެއީ ތެދެއް އިސްލާމްދީނަށް ކިހާ ޙިދުމަތެއް ކުރެވުނީމަ ރަނގަޅަށް ބޮނޑުނުވާ 5 ދަރިންނާ އެދަރިންގެ މައިމީހާ އެއްލާކާފަ ދެދަރިންގެ އަމަޔަކާ އިދެގެން ދެމީހުންގެ ވެސް ތުއްތު ދަރިންކޮޅު އެއްލާލާފަ ޅަވެގެން މިދެމީހުން މިއުޅެނީ. އެއީ ހަމަ އިސްލާމްދީނުގަ އޮންނަ ގޮތްބާ!!!

އަހުމަދު ސްޕައިކަރ

ތިޔަށްވުރެއް ބޮޑަށް ދީނަށް އިހްމާލުވި ބައެއް ނޫޅޭނެ. މި ސަރުކާރުން ދީނަށް ފުރައްސާރަ ކޮށް، ދީނުގެ ހުކުމް ތަކަށް ގޮން ޖަހާލި އިރު ތި އަދާލަތުން ތިބީ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި އެކަމުގައި ބައިވެރިވެގެން ތިމާމެންގެ މަގާމް ގެއްލިދާނެ ތީ.

މޫސާ

އެންމެ ބޮޑަށް ދީނަށް ހިދުމަތް ކުރިއްޔޭތޯ؟ ލައްބަ ލައްބަ. ލަދެއް ހަޔާތެއްވެސް ނެތިއްޔޭ އަނގަ ފުޅާކުރާއިރު. ސަރުކާރުން އަޑީގައި އޮވެގެން ދީނަށް ފުރައްސާރަ ކުރިއިރު ކަލޭ ކޮބާ؟ އެކަމާ އެއްޗެކޭ ބުނިންތަ ނުބުނޭ. — ކުޅެ ވީޑިއޯ ލީކްވެ މުޅި ގައުމު ސަދޫމަށް ވެގެންދިޔައިިރު އެއްޗެކޭ ބުނިންތަ ނުބުނޭ. އިސްލާމީ ސައްތައިން ސައްތަ މި ފަސްގަނޑު ލަދީނީ ކަންކަމުން ތެމި ފޯވެ އަރަގުވެގެންދާއިރު މަގާމުގެ ދަހިވެތިކަމުގައި ކަލެއަށް އެއްޗެކޭ ބުނަން ކެރުނުތަ؟ ނުބުނޭ. ޝައިޚުންތައް ކުށެއްނެތި ފުރޭމްކޮށް އިންޑިއާއިން ބުނާގޮތް ހަދައިގެން އެފަކީރުން މަސްތަކަކަށް ޖަލުގައި ހައްޔަރުކޮށް ދަރިން ނަފްސާނީކޮށް އެމީހުންނަކީ ނުރައްކާތެރި ބޮޑެތި ޓެރަރިސްޓު މުޖުރިމުންކަން ދައްކަން މަސައްކަތްކުރާއިރު އަނގައިން ބުނިންތަ؟ ނުބުނޭ. އަދިބުނަން ކިތައް މިސްކިތުގައިތޯ ނޫނީ ކިތައް ރަށުގައިތޯ އަދާލަތުގަައި ތިބި ހަރާމްކޯރު އިލްމުވެރިން ދީނީ ދަރުސެއް ދިނީ. ވާހަކަ ނުދައްކާ .

އަސްލު

މިސަރުކާރުން ދިނަށް އެންމެ ބޮޑު ފުރައްސާރަކުރީ އަދާލަތު އަޑީގަ އޮވެގެން

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910