އިމްރާން އަބްދުﷲ

އިމްރާންގެ ރާގު ބަދަލުވެއްޖެ، ތަފާތު ޓްވީޓެއް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ -- ފޮޓޯ: މަޖިލިސް
0%
0%
0%

އަދާލަތު ޕާޓީގެ އިލްމުވެރީންނާއި ޖަމިއްޔަތުއްސަލަފުގެ އިލްމުވެރީންގެ މެދުގައި އަރައިރުން އުފެއްދުމަށް ބަޔަކު ވަރަަށް މަސައްކަތް ކުރައްވާ ކަމަަށް ވިދާޅުވެ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ތަފާތު ޓްވީޓެއް ކުރައްވައިފި އެވެ. އިމްރާންގެ މި ޓްވީޓް މި އައީ މިދިޔަ ހަތަރު ދުވަހު އަދާލަތުގެ ދިފާއުގައި އަދި އެ ޕާޓީގެ ތަސައްވުރު ރީތި ކުރެއްވޭތޯ ޓްވީޓްތަކެއް ކުރައްވާ އެތައް ބައެއްގެ ފާޑުކިޔުމާއި ރުޅި އިމްރާނަށް އަމާޒުވެފައި ވަނިކޮށެވެ.

މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމުގައި އިހުމާލުވުމާއި އަދި ކުރައްވާ ޓްވީޓްތަކުގައި ހަގީގަތާއި ހިލާފު ވާހަކަތައް ދައްކަވާތީ އިލްމުވެރީންވެސް ވަނީ އިމްރާނަށް ތަފާތު ސުވާލުތައް އަމާޒު ކުރައްވާ ފާޑުވިދާޅުވެފައެވެ. ސަލަފުގެ ރައީސް އައްޝައިހް އަބްދުﷲ ބިން މުހައްމަދު އާއި ސަލަފުގެ ކުރީގެ ނާއިބު ރައީސް އައްޝަައިހް ހަސަން މޫސާ ފިކުރީ އާއި ސަލަފުގެ އިލްމުވެރީންގެ މަޖިލީހުގެ ރައީސް ޝަައިހް އަހުމަދު ސަމީރުވެސް އިމްރާނަށް ރައްދު ދެއްވިއެވެ.

އެތައް ބައެެއްގެ ފާޑުކިޔުން އަމާޒުވުމުން އިމްރާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ހުތޫރަތްތެރި ދަނޑިވަޅުގައި އަދާލަތު ޕާޓީގެ އިލްމުވެރީންނާއި ޖަމިއްޔަތުލް ސަލަފުގެ އިލްމުވެރީންގެ މެދުގައި އަރައިރުން އުފެއްދުމަށް އިލްމުވެރީންނަަށް ނަފްރަތު ކުރާ ބަޔަކު ވަރަަށް މަސައްކަތް ކުރާ ކަމަަށެވެ. އަދި އެ ފުރުސަތު ނުދެއްވުމަށް އިލްތިމާސް ކުރެއްވިއެވެ.

އަދާލަތު ޕާޓީގެ އިލްމުވެރީންނާއި ޖަމިއްޔަތުލް ސަލަފުގެ އިލްމުވެރީންގެ މެދުގައި އަރައިރުން އުފެއްދުމަށް އިލްމުވެރީންނަަށް ނަފްރަތު ކުރާ ބަޔަކު ވަރަަށް މަސައްކަތް ކުރާ ކަމަަށް އިމްރާން ވިދާޅުވިއިރު ސަލަފުގެ އިލްމުވެރީންނަށް އިމްރާންގެ އަރިސް ބޭފުޅުންނާއި އަދާލަތުގެ އެކްޓިވިސްޓުން ބަހުގެ ހަމަލާދީ ފުރައްސާރަ ކުރާތާ ދެތީން ދުވަސް ވެއްޖެ އެވެ. އަދާލަތުގެ އިލްމުވެރީންގެ މަޖިލީހުގެ ނާއިބު ރައީސް ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ގެންދަނީ ސަލަފުގެ އިލްމުވެރީންނަަށް ވަރަށް ބޮޑަށް ރައްދު ދެއްވަމުންނެވެ.

އިމްރާންގެ ޓްވީޓްގައި މިއީ ހުތޫރަތްތެރި ދަނޑިވަޅެއް ކަމަށް ވިދާޅުވި ނަމަވެސް ހުތޫރަތްތެރިވީ ކޮން ސަބަބާއި ގުޅިގެން ކަމެއް ތަފްސީލު ކޮށް ނުދެއްވައެވެ.

ސިޔާސީ ޓްވީޓެއް ނުކުރައްވާތާ އެތައް ދުވަހެއް ފަހުން މިދިޔަ ދެ ތީން ދުވަހު އިމްރާން ވަނީ ގިނަ ޓްވީޓްތަކެއް ކުރައްވާފައެވެ. މައިގަނޑުކޮށް މަސައްކަތް ކުރެއްވީ އަދާލަތު ޕާޓީގެ ތަސައްވުރު ރީތި ކުރެއްވުމަށެވެ. އެ ޕާޓީ އުފެއްދި މަގުސަދާއި އެއްގޮތަށް ޕާޓީ ސާބިތުކޮށް އޮތް ކަމަށް ދެއްކެވުމަށެވެ. ނަމަވެސް ކޮންމެ ޓްވީޓަކާއި ގުޅިގެން އެތައް ސަތޭކަ ބަޔަކު އޭނާއަށް ފާޑުކިޔާފައިވެއެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910