ދުނިޔެ

އުތުރު ކޮރެއާ ޓެސްޓްކުރި ބޮމަކީ ދުނިޔޭގެ ހަމަޖެހުމަށް އޮތް ނުރައްކަލެއް: އދ

އުތުރު ކޮރެއާގައި ކާމިޔާބު ކަމާއެކު އިއްޔެ ޓެސްޓްކުރި ހައިޑްރްޖެން ބޮމަކީ ދުނިޔޭގެ ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި ސަލާމަތީ ކަންކަން ރަނގަޅަށް ކުރިއަށް ގެންދަން ޖެހޭ ކަމަށް އދ. ގެ ސަލާމަތީ މަޖިލީހުން ބުނެފި އެވެ.

އެ މަޖިލީހުން ބުނީ އެ ބޮމުގެ ސަބަބުން އުތުރުކޮރެއާއި ދޭތެރޭ އިތުރަށް ސަމާލުވާން ޖެހޭ ކަމަށެވެ.

މިއީ 2006 ވަނަ އަހަރުގެ ފަހުން އުުތުރުކޮރެއާއިން ނިއުކްލިއަ ޓެސްޓެއް ކުރި ހަތަރުވަނަ ފަހަރު ނަމަވެސް ހައިޑްރޮޖެން ބޮމެއް ތަޖުރިބާކުރި މިއީ ފުރަތަމަ ފަހަރެވެ.

މި ބޮން ކާމިޔާބު ކުރެވުނުކަން އުތުރުކޮރެއާ އިން އިއުލާނު ކުރުމާއެކު އެމެރިކާއިން ވަނީ މި ބޮމާއި ބެހޭގޮތުން ތަޖުރިބާކާރުންނާއި މަޝްވަރާކޮށްފަ އެވެ. އަދި އޭގެ ފަހުން ވައިޓް ހައުސް އިން ބުނީ މިހާރު ހުރި އެނަލިސިސް އަށް ބަލާއިރު އުތުރު ކޮރެއާއަށް ކާމިޔާބުކަމާއެކު ހައިޑްރޮޖެން ބޮމެއް ތަޖުރިބާ ކުރެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ނިއުކްލިއަ ބޮމުގެ 1000 ބޮމަށްވުރެ ބާރުގަދަ މި ބޮން ޓެސްޓްކޮށްފައިވަނީ ކޮރެއާގެ ގަޑިން އިއްޔެ ހެނދުނު 10:00 ޖެހިއިރު އެވެ. މި ބޮން ޓެސްޓްކުރިތާ ކުޑަ ވަގުތުކޮޅެއް ފަހުން އެސަރަހައްދަށްވަނީ 5.1 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފަ އެވެ.