ގޮތަބަޔާ ރާޖަޕްކަސާ

ގޮތަބަޔާ ފުރާވަޑައިގަތުމަށް ޕްރައިވެޓް ޖެޓެއް ރާއްޖޭގައި!

Jul 14, 2022
1

ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ރާއްޖެއިން ފުރާވަޑައިގަތުމަށް ޕްރައިވެޓް ޖެޓެއް މިއަދު ރާއްޖެ އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފި އެވެ.

ނޫސްތަކުގައި މި މައުލޫމާތު ރިޕޯޓްކުރަން ފެށީ ސްރީލަންކާގެ "ޑެއިލީމިރާގެ" އެޑިޓަރު ޖަމީލާ ހުސައިން ކުރި ޓްވީޓަކަށް ފަހު އެވެ. ލަންކާގެ ޑެއިލީމިރާ އިން ދަނީ ލަންކާގެ ހާލަތާއި ގޮތަބަޔާއާ ގުޅޭ މައުލޫމާތު އަޕްޑޭޓްކޮށް ހިއްސާކުރަމުންނެވެ.

ޖަމީލާ ބުނީ ޕްރައިވެޓް ޖެޓް ރާއްޖެ އައިސްފައިވާ ކަމަށާއި ޖެޓްގައި ގޮތަބަޔާ ވަރަށް އަވަހަށް ސިންގަޕޫރަށް ފުރާނެ ކަމަށެވެ.

ބައެއް އެހެން ރިޕޯޓްތައް ބުނާ ގޮތުގައި ގޮތަބަޔާ މިއަދު ސިންގަޕޫރަށް ފުރާނީ މިއަދު ހެނދުނު 11:00 ޖަހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ސިންގަޕޯ އެއާލައިންގެ ފްލައިޓްގަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީ ވެސް ސަލާމަތީ ބާރުތަކުން ވަނީ ކުރިއަށް ވުރެ ވަރުގަދަކޮށްފަ އެވެ.

ސްރީލަންކާ އިން ފިއްލަވައިގެން ގޮތަބަޔާ ރާއްޖެ ވަޑައިގަތުމަށް ދިވެހި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދިން މައްސަލައިގައި ސަރުކާރަށް ވަރަސް ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ނަމަވެސް މިމައްސަލައިގައި މިހާތަނަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން އެއްވެސް އެއްޗެއް ނުބުނެ އެވެ.