ގޮތަބަޔާ ރާޖަޕްކަސާ

ގޮތަބަޔާ ރާއްޖެ ވަޑައިގަތުމަށް އެހީއެއް ނުވަން: އިންޑިއާ

Jul 14, 2022
ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދު މޯދީ. ގޮތަބަޔާ ރާއްޖެ ވަޑައިގަތުމަށް އެހީތެރިވެދީފައި ނުވާނެ ކަމަށް އިންޑިއާ އިން ބުނޭ
0%
0%
0%

ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ފިއްލަވައިގެން ރާއްޖެއަށް ވަޑައިގަތުމުގައި އިންޑިއާ އިން އެހީތެރިވެ ދީފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ދޮގުކޮށްފި އެވެ.

ގޮތަބަޔާ ރާއްޖެ ވަޑައިގަތުމަށް އެހީތެރިވެ ދީފައި ނުވާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނެފައި މިވަނީ މިއަދު މެންދުރު ވަނިކޮށް ގޮތަބަޔާ ރާއްޖެއިން ފުރާވަޑައިގެންފައި ވަނިކޮށެވެ.

ހައި ކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ގޮތަބަޔާ ފިއްލެވުމަށް އިންޑިއާ ސަރުކާރުން އެހީތެރިވެ ދީފައިވާ ކަމަށް ބުނެ ކުރެވެނީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.

ގޮތަބަޔާ ރާއްޖެ ވަޑައިގަތުމަށް އިންޑިއާ ސަރުކާރުން އެހީތެރިވެދީފައި ނުވާނެ ކަމަށް ލަންކާގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވެސް އިއްޔެ ވަނީ ބުނެފަ އެވެ.

ގޮތަބަޔާ އިއްޔެ ރޭ ދަންވަރުގެ ވަގުތެއްގައި ރާއްޖެ ވަޑައިގަތީ އަސްކަރީ މަތިންދާ ބޯޓެއްގައި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ދެ ހަށިފާރަވެރިންނާ އެކު އެވެ.

ރާއްޖޭގައި 33 ގަޑިއިރު ވަރު ހުންނެވުމަށްފަހު މިއަދު ސައުދި އަރަބިއްޔާގެ ގައުމީ އެއާލައިން -- ސައުދިއާގައި ގޮތަބަޔާ ވަނީ ސިންގަޕޫރަށް ފުރާވަޑައިގެންފަ އެވެ. އެމަނިކުފާނަށް އެ ގައުމުން ހިމާޔަތް ދީފައިވާ ކަމަަށް ރިޕޯޓްތައް ބުނެ އެވެ.

ލަންކާ އިގްތިސޯދީ އަނދަވަޅަކަށް ވައްޓާލުމަށްފަހު ގޮތަބަޔާ ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމަށް ދިވެހި ސަރުކާރުން އެހީތެރިވެދީފައިވާތީ ލަންކާ ރައްޔިތުންނާއި ދިވެހި ރައްޔިތުންގެ ފާޑުކިޔުން ވަނީ ދިވެހި ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. ނަމަވެސް ގޮތަބަޔާއަށް އެހީތެރިވުމުގައި ދިވެހި ސަރުކާރުން އަދާކުރި ދައުރާ ގުޅޭގޮތުން ސަރުކާރުގެ އެއްވެސް އިދާރާއަކުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910