ދިވެހި ސިނަމާ

މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ އިންތިހާބު: ކެންޑިޑޭޓުންގެ ނަން ތަރުތީބު ކޮށްފި

މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ) ގެ އާންމު އިންތިހާބުގައި މަގާމުތަކަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކޮށްފި އެވެ.

އެމްއެފްއޭގެ އާންމު އިންތިހާބަށް ހުޅުވާލިއިރު 2020 ވަނަ އަހަރު ފެށުނުއިރު އެންމެ ފަހުން އޮތް އެމްއެފްއޭގެ ބޯޑްގެ މުއްދަތު ވަނީ ނިމުމަކަށް އައިސްފައެވެ. މިދިޔަ މުއްދަތުގައި އިންތިހާބު ނުބޭއްވި ދިޔައީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެންނެވެ.

އެމްއެފްއޭގެ އިންތިހާބަށް މިއަދު ހުޅުވާލިއިރު އިންތިހާބު ބޭއްވުމަށް ހާއްސަކޮށްގެން އިންތިގާލީ ބޯޑެއް ވަނީ އެކުލަވާލާފައެވެ. ބޯޑްގެ ޗެއާޕާސަން އަކީ މުހައްމަދު ނަޝީދު (ބޭބީ) އެވެ. ވައިސް ޗެއާޕާސަން އަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. މީޑިއާ ކޯޑިނޭޓަރަކީ އަހުމަދު ސައީދު އެވެ.

2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ އެމްއެފްއޭ ބޯޑަށް ޖުމްލަ ހަތް މެންބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވެއެވެ. އެއީ ޗެއާޕާސަންގެ މަގާމާއި ވައިސް ޗެއާޕާސަންގެ އިތުރުން ޖެނެރަލް ސެކްރެޓަރީ އާއި ޓްރެޒަރާ އަދި އިތުރު ތިން މެންބަރުންނެވެ. 

ޗެއާޕާސަން ކަމަށް ކުރިމަތިލީ އިބްރާހިމް ރަޝީދު މޫސާ (ބްރޯ) އާއި ޝިވާޒް އަބްދުﷲ (މާސްކޭ") އެވެ. ވައިސް ޗެއާޕާސަން ކަމަށް ފިލްމީ ތަރި އާމިރާ އިސްމާއީލް އާއި އަބްދުﷲ މުއާޒު (މުއާ) އެވެ. ޖެނެރަލް ސެކްރެޓަރީގެ މަގާމަށް މުހައްމަދު ރިފްޝާން އާއި މުހައްމަދު މަނިކެވެ. ޓްރެޒަރާގެ މަގާމަށް އަބްދުﷲ މާހިރާއި ޖާދުﷲ އިސްމާއީލް (ޖާދު) އެވެ.

ބޯޑް މެންބަރުގެ ތިން މަގާމަށް ފަސް މީހަކު ކުރިމަތިލާފައިވެއެވެ. އެއީ އަމްޖަދު އިބްރާހިމް (އަމްޖޭ) އާއި އަހުމަދު ޝާހް އަލީ އާއި އަލީ ޝާހިދު އާއި މުހައްމަދު ފައިސަލް އަދި އިބްރާހިމް ރިޔާޒެވެ.

ކެންޑިޑޭޓުންނަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މި މަހުގެ 18 ވަނަ ދުވަހުގެ އިރުއޮއްސި ހައެއް ޖަހަންދެން އޮންނާނެ އެވެ.