ރައީސް މުހައްމަދު ނަޝީދު

ގޮޓަބަޔާއަށް ރާއްޖެއިން ހިމާޔަތް ދިނުމުން ނަޝީދުގެ ތައުރީފު

ރައީސް މުހައްމަދު ނަޝީދު --
0%
0%
100%

ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވި ސްރީ ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސައާމެދު ދިވެހި ސަރުކާރުގެ އަމަލުކުރީ ވަރަށް ވިސްނުންތެރި ކަމާއެކު ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަމަށް ތައުރީފު ކުރައްވައިފި އެވެ.

މަގާމުން އިސްތިއުފާ ދެއްވާ އެކަމުގެ ލިޔުން ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ފޮނުއްވާފައި މިވަނީ ލަންކާއިން ފިއްލަވައިގެން ވަޑައިގެން ރާއްޖޭގައި 33 ގަޑިއިރު ހޭދަ ކުރެއްވުމަށް ފަހު ސިންގަޕޫރަށް ވަޑައިގެންނެވެ. ގޮޓަބަޔާގެ އިސްތިއުފާއާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާއަށް ދެން ކުރިއަށް ދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އަދި ރައީސް ގޮޓަބަޔާ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަން ފާހަގަ ކުރައްވާ ލަންކާގައި ސަލާމަތުން ހުންނެވުނު ނަމަ އަދި އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކަލެއް ނެތް ނަމަ އަދިވެސް އިސްތިއުފާ ދެއްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. ރައްކާތެރިކަން އޮތް މަންޒިލަކަށް ވަޑައިގެން ގޮޓަބަޔަ އިސްތިއުފާ ދެއްވިއިރު އެކަމަށް މަގުފަހި ކުރުވީ ރާއްޖެއިން ކަމަށް ވިސްނައި ދޭން ނަޝީދު ވަނީ މަސައްކަތް ކުރައްވާފައެވެ. އަދި ރާއްޖެއިން މި މައްސަލާގައި އަމަލު ކުރި ގޮތަށް ތައުރީފު ކުރެއްވިއެވެ.

ވިދާޅުވީ ދިވެހި ސަރުކާރުން އަމަލަ ކުރީ ވިސްނުންތެރި ކަމާއެކު ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް [ގޮޓަބަޔާ ރާޖަޕަކްސަ] ލަންކާގައި ހުންނެވި ނަމަ ފުރާނަފުޅު ގެއްލޭނެ ކަމުގެ ބިރު އޮތުމުން އިސްތިއުފާ ނުދެއްވީސް. ދިވެހި ސަރުކާރުގެ ވިސްނުންތެރި އަމަލުތަކަށް އަޅުގަނޑު ތައުރީފު ކުރަން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ އެމަނިކުފާނުގެ ހެޔޮ އެދުންތައް ވަނީ ލަންކާގެ ރައްޔިތުންނާއެކު ކަމަށް ވިދާޅުވެފައެވެ.

ވަރަށް ކުއްލި ގޮތަކަށް ފިއްލަވައިގެން ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވީ އިހަށް ރޭ މެންދަމު ތިނެއް ޖެހި ފަހުންނެވެ. އެމަނިކުފާނަށް ވީއައިއޭ އިން މަރުހަބާ ވިދާޅުވީ ރައީސް ނަޝީދު ކަމަށް ވެއެވެ. އަދި ގޮޓަބަޔާ ދަތުރުކުރެއްވި އަސްކަރީ ޖެޓް ރާއްޖޭގައި ޖެއްސުމުގެ ހުއްދަ ހޯއްދެވުމުގެ ކަންކަމުގައި އުޅުއްވީވެސް ނަޝީދު ކަމަށް އަޑުތައް ފެތުރިފައިވެއެވެ. އެކަމުގެ ސަބަބުން ލަންކާގެ ރައްޔިތުންނާއި ދިވެހީންގެ ރުޅިވެރިކަމުގެ ބަސްތައް ވަނީ އަމާޒުވެފައެވެ. އެ ތުހުމަތަކަށް ނަޝީދު އަދިވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

މުޅި ދުނިޔޭގެ ލޯ އަމާޒުވެފައިވާ މި މައްސަލާގައި ރާއްޖެއިން އަމަލު ކުރި ގޮތާމެދު ބައިނަލްއަގްވާމީ ދުނިޔޭގެ ކަންބޮޑުވުންތައްވެސް އޮންނާނެ ކަމަށް ބެލެވެއެވެ. ނަމަވެސް މިފަދަ ސީރިއަސް ބޮޑު މައްސަލައެއްގައި ވާހަކަ ދައްކަންވެސް ސަރުކާރު ބޭނުމެއް ނުވެއެވެ. ރައީސް އޮފީހާއި ފޮރިން މިނިސްޓްރީ އަދި ޑިފެންސް މިނިސްޓްރީން ވަނީ މި މައްސަލާގައި ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ބުނެފައެވެ. ރައީސް ގޮޓަބަޔާ ރާޖަޕަކްސަ އެ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ އިސްތިއުފާ ދެއްވަން ނިންމެވި ތާރީހު ފަހަނައަޅާ ދިޔަ ފަހުންނެވެ. މި މަހުގެ ނުވަވަނަ ދުވަހުގެ ރޭ ގޮޓަބަޔާ ވިދާޅުވި ގޮތުގައި 13 ވަނަ ދުވަހު އިސްތިއުފާ ދެއްވާނެ އެވެ.

މަގާމުން އިސްތިއުފާ ދެއްވާ އެކަމުގެ ލިޔުން ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ފޮނުއްވާފައި މިވަނީ ލަންކާއިން ފިއްލަވައިގެން ވަޑައިގެން ރާއްޖޭގައި 33 ގަޑިއިރު ހޭދަ ކުރެއްވުމަށް ފަހު ސިންގަޕޫރަށް ވަޑައިގެންނެވެ. އެ ގައުމުން އެމަނިކުފާނަށް ހިމާޔަތް ދެއްވާފައިވާ ކަމަށް އަޑުތައް ފެތުރުނެވެ. ނަމަވެސް މި މައްސަލާގައި ސިންގަޕޫރުގެ ފޮރިން މިނިސްޓްރީން ވަނީ ވާހަކަ ދައްކާފައެވެ.

ރައީސް ގޮޓަބަޔާގެ ސިންގަޕޫރޫ ދަތުރުފުޅާ ގުޅޭގޮތުން އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނީ އެ ގައުމަށް އެތެރެވުމުގެ ހުއްދަ ރައީސް ގޮޓަބަޔާ އަށް ދެއްވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ވަޑައިގެންނެވީ އަމިއްލަ ދަތުރުފުޅެއްގައި ކަމަށެވެ. ރައީސް ގޮޓަބަޔާ އެ ގައުމުގެ ހިމާޔަތަށް އެދިފައިނުވާ ކަމަށާ އަދި އެފަދަ ހިމާޔަތެއް އަރުވާފައި ނުވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޅަނޣީރު

މިހާރު ދިވެހިސަރުކާރުގެ ބޮލުގައި އަޅުވާފައި މިކަލޭގެ ސަލާމަތްވާން މަސައްކަތް ކުރަނީ. ރާޖަބަކުސަ ލަންކާ ރައްޔިތިންނަށްވަގަށް ދިވެހިޤައުމަށް އެތެރެކުރުން ސަރުކާރު ބޮލުގައި އަޅުވަނީ. މީގެކުރިން ނުކުތް ކޮންމެ ޚަބަރެއްގައިއޮތީ މަޖިލިގެ ރައީސް ރާޖަޕަކުސަ ފޮރުވައިގެން ދިވެހިޤައުމަށް އެތެރެ ކުރުވީކަމަށް. ޢެއީ ރޭގަނޑު މެންދަމު އިމިހުރޭޝަނަށާ އެއަރޕޯޓު މަވައްޒަފުންނަށްވެސް އޮޅުވާލި ބޮޑު ޖަރީމާއެއް ހިންގީކަމަށް. ޢިބޫ ކަލޭ ވިސްނަބަލަ.

ގިރިބޯ

އެއީ ނަސީދަށް ކުރެވޭނެ ކަމެއްނޫން ނާގާބިލް ރައީސާ ސާހިދާ އެންމެން ގުޅިގެން ކުޅޭ ޑްރާމާ

ގިރި

ތީނަ ދޯ އެހުރިހާ ޑްރާމާއެއްވެސް ކުޅުނީ..

ޝާފީ ރ

މިހާރު ނަޝީދު ގެ ބޯ ހަމައެއް ނުޖެހޭ. ނަޝީދު ބޯ ގޮވާފަ.

ލޮންސި

އަސްތިއުފާ އާ ބެހޭ ކަންކަން ބޮޑައް އެނގި ލައްވާނީ މަނިކުފާނު އަށް

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910