ސައުދީ އަަރަބިއްޔާ

ސައުދީން މަންކީޕޮކްސް ފެނިއްޖެ

މަންކީޕޮކްސް ޖެހުމުން އަތުގެ ހަންގަނޑަށް އަންނަ ބަދަލު
0%
0%
0%

ސައުދިއަރަބިއްޔާ އިން މަންކީޕޮކްސް ޖެހިފައިވާ މީހަކު ފެނިފައިވާ ކަމަށް އެ ގައުމުން އިއުލާނު ކޮށްފި އެވެ.

އެ ގައުމުގެ ސިއްހަތާބެހޭ ވުޒާރާއިން އެކަން އިއުލާނުކޮށް ބުނީ މަންކީޕޮކްސް ޖެހިފައިވާ މީހަކީ ސައުދީގެ ރައްޔިތެއް ނޫން ކަމަށެވެ. އެއީ ބޭރު ގައުމަކުން އެ ގައުމަށް އައިސް އުޅޭ މީހެކެވެ. އޭނާއަށް ދޭން ޖެހޭޭ ފަރުވާ ފަށާފައިވާ ކަމަށްވެސް ބުންޏެވެ. އަދި އެ މީހާއާ އެއްތަންވީ މީހުން ދެނެގަނެ އެ މީހުން ބައްޔަށް ޓެސްޓް ކުރަމުންދާ ކަމަށެވެ.

މަންކީޕޮކްސް އަކީ ޖަނަވާރުންގެ މެދުގައި ދޭތެރެ ދޭތެރެއިން ފެތުރިގަންނަ ބައްޔެއް ކަމަށް ސިއްހީ މާހިރުން ބުނެ އެވެ. މި ބަލި އިންސާނުންނަށް ފޯރި ގޮތް އަދި މުޅިން ސާފު ނުވާ ކަމަށް ވެސް އޮތީ ބުނެފަ އެވެ. މަންކީޕޮކްސް ފެތުރެން މެދުވެރި ވަނީ ހަށިގަނޑުގެ ތެތް ކަމެވެ. ދަލާއި ކުޅާއި އަދި ބަލިޖެހިފައި ހުންނަ މީހެއްގެ ގައިން ނުކުންނަ އެހެން ތެތް ކަމަކުން ވެސް މިބައްޔަށް ފެތުރިގަނެ ވެއެވެ.

ބަލިޖެހިފައި ހުންނަ މީހަކު ބޭނުންކުރާ ތުވާއްޔާއި ނިދާ އެނދު އަދި ގެންގުޅޭ ސްމާޓްފޯނަކީ ވެސް ބަލި ފެތުރުމަށް މެދުވެރިއަކަށް ވެއެވެ.
ރަހިމުގައި އޮންނަ ތުއްތު ދަރިފުޅަށް ވެސް މަންމަގެ ގައިން މިބަލިއަރާ ކަމަށް ދުނިޔޭގެ ސިއްހަތު އިދާރާތަކުން ވަނީ ބުނެފަ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުން މަންކީޕޮކްސް އަކީ ފުރާނައަށް ނުރައްކާ ބޮޑު ބައެއް ނޫނެވެ. ބަލީގެ އާންމު ނިޝާނަކީ ގައިގައި ނަގާ ބޮޑެތި ފޮޅުތަކެކެވެ.

ބަލިޖެހުމުގެ އަލާމާތެއް ގޮތުން ހުންއައިސް ގައިގައި ރިއްސި ނަމަވެސް، ހުން އައުމާއި ގައިގައި ރިހުމަކީ ހަމައެކަނި މަންކީޕޮކްސްއަށް ހާއްސަ އަލާމާތެއް ނޫނެވެ. މަންކީޕޮކްސް ޖެހުމުން ފާހަގަ ކުރެވޭ އެހެން އަލާމާތްތަކުގެ ތެރޭގައި ކަރުދަށުގައި އަދި އަތާއި ފައި ހަށިގަނޑާ ގުޅޭ ހިސާބުގައި ގޮށްލުން ހިމެނެ އެވެ.

އާދަޔާ ޚިޔާފަށް ހީކެރުވުމާއި ނޭވާ ކޮޅުންލުން އަދި ޗިކަންޕޮކްސް -- ފާނަބަސަންދު ޖެހުމުން އަތާއި މޫނުގައި ފާޅުވާ ރޮނގުތައް ފެންނަން ހުރެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910