ސްރީލަންކާ

ގޮޓަބަޔާ އިސްތިއުފާ ދެއްވާފައިވާ ކަަމަށް ރަސްމީކޮށް އިއުލާނުކޮށްފި

ގޮތަބަޔާގެ ދެބެން: ބާރުގަދަ ވެރިކަން ނިމިގެން ދިޔައީ ހީވެސް ނުކުރާ ފަދަ ގޮތަކަށް --
0%
0%
0%

ސްރީލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަން ރަސްމީކޮށް، އެ ގައުމުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދެނާ މިއަދު އިއުލާން ކުރައްވައިފި އެވެ.

ނޫސްވެރީންނާއެކު ކުރިއަށް ގެންދިޔަ ބައްދަލްވުމުގައި މަޖިލީހުގެ ރައީސް ވިދާޅުވީ ޖުލައި 14 ގައި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އިސްތިއުފާ ސިޓީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ވިދާޅުވީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އާ ރައީސަކު އައްޔަން ކުރެވެންދެން ވަގުތީ ރައީސްގެ މަގާމުގައި ހުންނަވާނީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އާ ރައީސަކު އައްޔަން ކުރުމަށް ކުރަން ޖެހޭ މަސައްކަތް ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ ފެށުމަށް ގަސްތު ކުރައްވައެވެ. މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދެނާ ވިދާޅުވީ ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި އާ ރައީސަކު އިންތިހާބުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ނިންމަން ޖެހޭ ކަންކަން ނިންމަވާނެ ކަމަށެވެ.

"އަޅުގަނޑުގެ ވިސްނުމަކީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އާ ރައީސަކު އިންތިހާބު ކުރުމަށް ބޭނުންވާ ރައްޔިތުންގެ މަޖިލީހުގެ ކަންކަން ވީހާވެސް އަވަހަކަށް ކުރިއަށް ގެންދިއުން. މިކަމަށްޓަކައި ހުރިހާ ޕާޓީގެ ލީޑަރުންގެ ތާއީދާއި އެހީ އިތުރުކޮށް ދެއްވުމަށް އެދެން،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910