އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިން ޖޯންސަން އިސްތިއުފާ ދެއްވުމާ ގުޅިގެން އިނގިރޭސި ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ކޮންސަވޭޓިވް ޕާޓީ ތެރޭގައި އޮތް ވާދަވެރިކަން ވަކި ގޮތަކަށް ނިމެން ކައިރިވެއްޖެ އެވެ.
ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމަށް ވާދަކުވެއްވި މެމްބަރުން މަރުހަލާތަކުން ފޭލިވަމުން ގޮސް ލިސްޓްގެ އެންމެ ކުރީގައި މިހާރު އޮތީ ރިޝީ ސުނަކުގެ ނަމެވެ.
ލީޑަރަކު ހޮވުމަށް ނަގާ ވޯޓުގައި ފައިނަލުގައި ވާދަކުރައްވާނީ ދެބޭފުޅެކެވެ. އެކަމަކު އެ މަރުހަލާ އަދި އޮތީ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކޮންޒަވޭޓިވް ޕާޓީއަށް އާ ލީޑަރަކު ހޮވައި އިއުލާންކުރުން ސެޕްޓެމްބަރު ފަހެއްގައި އޮންނާނެ އެވެ. އެއާއެކު އެ ބޭފުޅަކު އިނގިރޭސި ބޮޑުވަޒީރު ކަމާ ހަވާލުވެ ވަޑައި ގަންނަވާނެ އެވެ.
އިނގިރޭސި ހެލްތު މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވި ސާޖިދު ޖާވިދު އާއި ފޮރިން މިނިސްޓަރު ލިޒް ޓްރަސް ވެސް ވަނީ ޕާޓީގެ ވެރިކަމާއި ބޮޑުވަޒީރު ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.
އެހެން ނަަމަވެސް، ސާޖިދު ޖާވިދު ވަނީ އެ ފުރުސަތު ދޫކޮށްލައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޕާޓީއަށް އެންމެ ރަނގަޅު ގޮތަކީ އެއީ އެވެ. އަދި މެމްބަރުގެ މެދުގައި ގުޅުން ދެމެހެއްޓުމަށް އޭނާ މުހިންމެވެ.
އިނގިރޭސި ސިޔާސީ މަޝްރަހު ލަފާކުރާ މީހުން ދެކޭ ގޮތުގައި ރިޝީ ސުނަކަށް އޮތް ފުރުސަތު ވަރަށް ބޮޑެވެ.
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ސިޔާސަތާ ދެކޮޅު ކަމަށް ވިދާޅުވެ ރިޝީ ސުނަކް ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އޭނާ ކުރިން ހުންނެވީ މާލީ ވަޒީރުގެ މަގާމުގަ އެވެ.