ދިޕިކާ ޕަދުކޯން

ރަންބީރާއި ދިޕިކާ "ތަމާޝާ"ގެ ޕްްރޮޑިއުސަރުންނަށް 150 މިލިއަން ރުޕީޒް ދެނީ

Jan 7, 2016

ކުރީގެ ދެލޯބިވެރިންކަމަށްވާ ރަންބީރު ކަޕޫރާއި ދިޕިކާ ޕަދުކޯން އެންމެފަހުން އެކުގައި ފެނިގެންގޮސްފައިވާ ފިލްމު "ތަމާޝާ" ކުޅެގެން މި ދެތަރިންނަށް ލިބުނު އާމްދަނީގެ ބައެއް މި ފިލްމުގެ ޕްރޮޑިއުސަރުންނަށް އަނބުރާ ދޭން ނިންމައިފި އެވެ.

ބުނެވޭ ގޮތުގައި މިދެތަރިން އެމީހުންނަށް މި ފިލްމުން ލިބުނު އާމްދަނީ ބައެއް އަނބުރާ ދޭން ނިންމާފައިވަނީ އުންމީދުކުރި ވަރުގެ އާމްދަނީއެއް މި ފިލްމަށް ލިބިފައިނުވާތީވެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު ރިލީޒްވި މިފިލްމަށް ފާޑުކިޔާފަރާތްތަކުން ތައުރީފުކުރިވަރާ ގާތަށްވެސް ފިލްމަށް އާމްދަނީ ލިބިފައެއް ނުވެ އެވެ.

ނޫސްތަކުގައިވާ ގޮތުން ފިލްމަށް ކުރި ހަރަދު ފޫބެދޭ ވަރަށް އާމްދަނީ ލިބިފައިނުވާތީ ރަންބީރު ވަނީ 10 ކްރޯޑް (100 މިލިއަން ) އަދި ދިޕިކާ ވަނީ 5 ކްރޯޑް (5 މިލިއަން) ރުޕީޒް އަނބުރާ ދޭން ނިންމާފަ އެވެ. މިދެތަރިން ދޭ 15 ކްރޯޑް (150 މިލިއަން) ދިނުމަށް ނިންމާފައިވަނީ ފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ ސާޖިދް ނަޑިއަޑްވާލާ އާއި ޔޫޓީވީ އަށެވެ.

އުންމީދުކުރި ވަރަށް "ތަމާޝާ"ގެ ވިޔަފާރި ހިނގާފައިނުވާއިރު، މިފިލްމު ރަންބީރު ކުޅެދީފައިވަނީ 38 ކްރޯޑް (380 މިލިއަން) ރުޕީޒް އަށެވެ. އިންޑިއާއިން މިފިލްމަށް ލިބިފައިވަނީ 52 ކްރޯޑް (520 މިލިއަން) ރުޕީޒް އަށްވީއިރު، މިއީ މިފިލްމަށް ލިބުނު އަދަދާ އަޅާބަލާއިރު ވަރަށް ބޮޑު އަދަދެކެވެ.