ހައިވޭގެ ބައެއް ސަރަހައްދުތަކަށް އުދައަރާފައިވާތީ ދުއްވާ މީހުން ސަމާލު ވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސް ކޮށްފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ އެއާޕޯޓު ލައިޓުގެ ހުޅުމާލެ އިން މާލެ އަށް އަންނަ ފަޅިއަށް އުދަޔާއެކު ވެއްޔާއި އަކިރި އަރާފައިވާ ކަމަށެވެ. އެހެން ކަމުން ހުޅުމާލެ އާއި ހުޅުލެއިން މާލެ އަށް ދަތުރުކުރާ މީހުން ސަމާލުވުމަށެވެ.
އުދަ އެރުމުގެ ސަބަބުން އެއާޕޯޓު ލައިޓުގެ ހުޅުމާލެ އިން މާލެ އަށް އަންނަ ފަޅީގައި ގިނަ އަދަދަކަށް ވެއްޔާއި އަކިރި އަރާފައިވެއެވެ.