ޖޯ ބައިޑަން

ފަލަސްތީނަށް ގޮތެއް ހަމަޖެހޭތޯ ބަލައިދޭނަން: ބައިޑަން

އެމެރިކާގެ ރައީސް ޖޯ ބައިޑަން މެދުއިރުމައްޗަށް ކުރެއްވި ދަތުރުގައި ފަލަސްތީނާ މެދު ކަންތައްތައް ހިނގާނެ ކަމަށް ކުރިން ހީކުރި ގޮތަށް އެއްވެސް ކަމެއް ނުވި އެވެ.

އިޒްރޭލު، ފަލަސްތީން މައްސަލައަށް އޮތް ހައްލަކީ ދެ ދައުލަތް ކަމަށް ބައިޑަން ވިދާޅުވި ނަމަވެސް މިހާރު ވިދާޅުވަނީ ގޮވާން ކުރާ ވަރަށް ބިންގަނޑު އަދި ރަނގަޅު ނޫން ކަމަށެވެ. ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ފަށަން މިއީ އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.

މެދުއިރުމަތި ސުލްހަވާން އޮތީ ފަލަސްތީނަށް މިނިވަން ދައުލަތެއް އިއުލާން ކުރެވިގެން ކަމަށް އަރަބި އެކުވެރި ގައުމުތަކުން ވެސް ބުނެ އެވެ. އެހެން ނަމަވެސް ބައިދަން ވިދާޅުވަނީ އެއީ އަދި މާ ދުރުގައި އޮތް ކަމެއް ކަމަށެވެ.

އެމެރިކާއިން ފަލަސްތީނަށް ހެޔޮ އެދޭ ކަމަށް ހެދިގެން އުޅުނަސް ހަގީގަތުގައި މާ ބޮޑު ކަމެއް ނުކޮށްދެ އެވެ. ގުދުސްގައި އެމެރިކާގެ ކޮންސިއުލޭޓެއް ހުޅުވާނެ ކަމަށް އެމެރިކާގެ ވެރިން ކަރުން ނާރުނަގާފައި ބުނި ހަމަވެސް އެއީ ހަމައެކަނި ބުނެ އިއްވާލި ދެތިން ބަހެވެ.

ދުނިޔެއަށް އެމެރިކާ ވިސްނައިދޭން ބޭނުންވަނީ ފަލަސްތީން، އިޒްރޭލު މައްސަލައަށް ހައްލު ހޯދައި ދެވޭނެ ބަޔަކީ އެ މީހުން ކަމަށެވެ. އެހެން ނަމަވެސް އިޒްރޭލު ދެމެހެއްޓެއް އޮތީ ފަލަސްތީން ނައްތާލައިގެން ކަމަށް ވާ ނަމަ -- އެމެރިކާއަށް އޮތް އިޚުތިޔާރަކީ ފަލަސްތިން ނައްތާލުމެވެ.

ބައިޑަން ވިދާޅުވީ، ކެތްކުރާށެވެ. ރަނގަޅު ގޮތެއް އޮތްތޯ ބަލައި ދެއްވާނަމެވެ. ވަގުތު ނެގިއެއް ކަމަކު ކަރުއެލުވާއި ނުލާށެވެ.

ބައިޑަންއަށް އެނގިވަޑައި ނުގަންނަވާ ކަމަކީ ފަލަސްތީން ރައްޔިތުން ކެތްކޮށްފި ކަމެވެ. ދަރިފަސްކޮޅު ނެތި ގޮސް އަދި ނަސްލު ނެތިގެން ދާއިރު -- އަދިވެސް ކެތްކުރާ ކަމެވެ. އެހެން ނަމަވެސް ފަލަސްތީންގެ ބިންތަކުގައި ޔަހޫދީން އާބާދުވުން ހުއްޓުވައި ދިނުން ވަރުގެ ކުޑަ ކަމެއް ވެސް އެމެރިކާއަކަށް ނުކުރެވުނު ކަމެވެ.