އެމްއެންޑީއެފް

ދަތުރު ދިޔަ ބަޔަކު ހާލުގައި ޖެހުމުން ސިފައިން އެހީވެއްޖެ

Jul 17, 2022

ގދ. ކޮޑަގަލާއަށް ދަތުރުގޮސް އުޅެނިކޮށް ހާލުގައި ޖެހުނު ބަޔަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފް އިން ބުނީ ކޮޑަގަލާއަށް ދަތުރުގޮސް އުޅުނު ބަޔަކު، މޫސުން ގޯސްވުމުގެ ސަބަބުން އަނބުރާ ރަށަށް ނުދެވިގެން ކޯސްޓްގާޑުގެ އެހީތެރިކަމަށް މިއަދު އެދުނު ކަމަށެވެ.

މިކަމަށް އެދުމުން އެމްއެންޑީއެފް ސަދަން އޭރިއާގެ ކޯސްޓްގާޑްގެ ސިފައިންގެ އެމީހުންނަށް އެހީތެރިވި ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ.

ކޯސްގާޑުގެ ސިފައިން ކޮޑަގަލާ އަށް ދިޔައިރު އަށް ކުޑަކުދިންނާއި ފަސް އަންހެނުންނާއި ހަތަރު ފިރިހެނުން އެރަށުގައި ތިބި ކަމަށްވެސް ސިފައިންގެއިން ބުނެ އެވެ.

ހާލުގައި ޖެހިފައި ތިބި އެންމެން މިއަދު ހަވީރު 4:55 ހާއިރު ސިފައިންގެ ސީއެމްބިއުލާންސްގައި ވަނީ ގދ. ގައްދޫއަށް ގެންގޮސްދީފި އެވެ.

ސިފައިންގެއިން ބުނީ ޖުމްލަކޮށް އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.