އިނގުރައިދޫ

އިނގުރައިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި

Jul 18, 2022
1

ރ. އިނގުރައިދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމާ ޓެސްޓްކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ސިސްޓަމް ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މިދިޔަ މަހުގެ 30 އިން މިމަހުގެ ދެވަނަ ދުވަހަށް ކަމަށެވެ.

އިނގުރައިދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ކޮށްފައިވަނީ އަލްޓެކް މޯލްޑިވްސްގެ ފަރާތުންނެވެ.

އިނގުރައިދޫގައި ގާއިމުކުރި ފެނުގެ ނިޒާމަކީ "އިންޓަގްރޭޓެޑް ވޯޓާ ރިސޯސް މެނޭޖްމަންޓް"އާ އެއްގޮތަށް އާރްއޯ ސިސްޓަމަށް ވާރޭފެން އެއްކުރެވިގެން ފެނުގެ ހިދުމަތް ދެވޭ ނިޒާމެކެވެ.

މި ނިޒާމުގެ ދަށުން ދުވާލަކު 40 ޓަނުގެ ފެން އުފައްދާ ދެ އާރްއޯ ޕްލާންޓާއި ފެން ރައްކާ ކުރުމަށް 300 ކިއުބިކް މީޓަރުގެ ޓޭންކެއް ވަނީ ގާއިމުކޮށްފަ އެވެ. އަދި ތިން ޕަންޕިން ސްޓޭޝަނާއި 10.91 ކިލޯމީޓަރުގެ ފެނުގެ އަދި 11.11 ކިލޯމީޓަރުގެ ނަރުދަމާ ވިއުގަ އެއްވެސް ގާއިމުކޮށްފައިވެ އެވެ.