ކަނޑުމަތީގެ ހާދިސާ

ސަފާރީއެއްގެ ބުރަފަތީގައި ޖެހި މީހަކު މަރުވެއްޖެ

ރ، އިނގުރައިދޫ
0%
33.3%
66.7%

ސަފާރީއެއްގެ ބުރަފަތީގައި ޖެހި މީހަކު މިއަދު މަރުވެއްޖެ އެވެ.

ރ. އިނގުރައިދޫ ބަނދަރަށް ވަންނަން އުޅުނު ސަފާރީއެއްގެ ބުރަފަތީގައި އޮޅުނު ވަލެއް ނައްޓަން އުޅުމުގެ ތެރޭގައި މިއަދު ހަވީރު ހިނގި މި ހާދިސާގައި ރ. ރަސްގެތީމު ކައުންސިލްގެ ކުރީގެ ނައިބު ރައީސް މުހައްމަދު އިބްރާހީމް އެވެ.

އެނގިފައިވާ ގޮތުން މުހައްމަދު އިބްރާހީމްއަކީ އެ ސަފާރީގެ ކްރޫއެކެވެ.

އިނގުރައިދޫއިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ސަފާރީގެ ބުރަފަތީގައި ވަލެއް އޮޅުނީ އެ ސަފާރީ ރަށުގެ އެއްގަމު ތޮއްޓާ ކައިރި ކުރަނިކޮށެވެ.

ބުރަފަތި ނިއްވާނުލެވި ހުރުމުގެ ސަބަބުން މުހައްމަދު އިބްރާހީމްގެ ބޮލުގައި ބުރަފަތިން ޖެހި ވަރަށް ބޮޑަށް ޒަހަމްވެފައި ކަމަށާއި ފަޅު ތެރެއިން މުހައްމަދު އިބްރާހީމް ނެގިއިރުވެސް އޮތީ މަރުވެފަ ކަމަށް އެ ރަށުން ވާޙަކަ ދެއްކި މީހާ ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345