ދުނިޔެ

އިންޑިއާގެ ފުރަތަމަ މުސްލިމް ޗީފް މިނިސްޓަރު އަވަހާރަވެއްޖެ

އިންޑިއާގެ ފުރަތަމަ މުސްލިމް ޗީފް މިނިސްޓަރު އަދި އެންމެ ރަނގަޅު މުސްލިމް ޕޮލިޓީޝަން މުފްތީ މުހައްމަދު ސައީދު މިއަދު އަވަހާރަވެއްޖެ އެވެ.

މުފްތީ އަވަހާރަވެފައިވަނީ ފުއްޕާމޭގެ ބައްޔަކަށް ފަަރުވާ ކުރުމަށް މިދިޔަ ޑިސެމްބަރު މަހު 24 ވަަ ދުވަހުން ފެށިގެން ނިއު ދިއްލީގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން އަންނަނި ކޮށެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 79 އެވެ.

ޖައްމޫ އަދ ކަޝްމީރު އަވަށުގެ ޗީފް މިނިސްޓްރުގެ މަގާމުގައި ހުންނެވި މުފްތީއަކީ ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީގެ ރައީސް އެވެ. ދެން އެމަގާމާއި ހަވާލުވާނެ ކަމަށް ހަބަރުތައް ބުނަނީ އެމަނިކުފާނުގެ ދަރިކަނބަލުން މެހެބޫބާ ސައީދު އެވެ.

މިދިޔަ މާޗްމަހު ދެވަނަ ފަހަރަށް ކަޝްމީރު އަދި ޖައްމޫގެ ޗީފް މިނިސްޓަރުކަމާއި ހަވާލުވި މުފްތީ ވަނީ 2002-2005 ދެމެދުވެސް އެސަރަހައްދުގެ ޗީފް މިނިސްޓަރުކަން ކުރައްވާފަ އެވެ.