ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަބޭގެ ހަނދާން އަބަދުވެސް އާކުރާނެ: ރައީސް

Jul 19, 2022
ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަކޮށްލުމާ ގުޅިގެން އެމަނިކުފާނުގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ސޮއިކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަކޮށްލުމާ ގުޅިގެން އެމަނިކުފާނުގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ސޮއިކުރައްވައިފި އެވެ.

ދިވެހިރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސް ސޯލިހް ލިޔުއްވި ބަޔާނުގައި ޝިންޒޯ އަބޭ ސިފަކުރައްވާފައި ވަނީ ޖަޕާނުގެ ކުރިއެރުމާ ތަރައްގީއަށްޓަކައި ގިނަގުނަ އަގުހުރި މަސައްކަތްތަކެއް ކުރައްވާފައިވާ ދުރުވިސްނިވަޑައިގަންނަވާ ލީޑަރެއްގެ ގޮތުގައެވެ.

އަބޭ އަކީ ރާއްޖެއާ ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެއް ކަމަށާއި، ޝިންޒޯ އަބޭގެ ހަނދާންތައް ރާއްޖޭގެ ރައްޔިތުން އަބަދުވެސް އާކުރާނެކަމުގައިވެސް ރައީސްގެ ބަޔާނުގައި ލިޔުއްވާފައިވެ އެވެ.

އަބޭ އަވަހާރަވީ ކެމްޕެއިން އެއްވުމެއްގައި ޖަޕާންގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ ނަރާގައި ވާހަކަ ދައްކަވަން ހުންނަވަނިކޮށް މީހަކު ބަޑި ޖެހުމާ ގުޅިގެން ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިމަހުގެ އައްވަނަ ދުވަހު އެވެ.

އަބޭ އަކީ ޖަޕާންގެ ތާރީހުގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރު ކަން ކުރެއްވި ބޭފުޅާ އެވެ. ޖަޕާންގެ ބޮޑުވަޒީރު ކަމަށް އަބޭ އެންމެ ފުރަތަމަ ވަޑައިގަތީ 2006 ވަނަ އަހަރު އެވެ. އެއަށްފަހު 2012 – 2020 އަށް ވެސް ބޮޑުވަޒީރުގެ މަގާމު އަދާކުރެއްވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910