ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޝާން ސަފީރަކަށް، ޝިއާން ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް

Jul 20, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ދިވެހިރާއްޖެއިން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް ގ. ޕެންޒީމާގެ، އައިޝަތު ޝާން ޝާކިރު އައްޔަންކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަރުމަން ސަފީރަކަށް ޝާން އައްޔަންކުރަން ރުހުން ދީފައިވަނީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު އެވެ.

ރައީސް ސޯލިހް މިއަދު ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް ގ. ސަމަންތާ، އަހްމަދު ޝިއާން ވެސް އައްޔަންކުރައްވާފަ އެވެ.

ޝިއާން އާއި ޝާން އަށް މަގާމުގެ ފަތްކޮޅު ދެއްވެވީ ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ސޯލިހް އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ދިވެހިރާއްޖެއިން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް ގ. ޕެންޒީމާގެ، އައިޝަތު ޝާން ޝާކިރު އައްޔަންކުރައްވައިފި އެވެ.

ޖަރުމަން ސަފީރުކަމަށް މިއަދު އައްޔަންކުރެއްވި ޝާން ކުރިން ހުންނެވީ ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގަ އެެވެ. ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް މިއަދު އައްޔަނުކުރެއްވި އަހްމަދު ޝިއާން ކުރިން ހުންނެވީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓެރީގެ މަގާމުގަ އެވެ.

ޝިއާން އާއި ޝާން އަކީ މީގެކުރިން ވެސް ސަފީރު ކަން ކުރައްވާފައިވާ ދެ ބޭފުޅުންނެވެ.