މޯލްޑިވްސް ޕޮލިސް ސާވިސް

އެފްޕީއޭ ފަޅާލުމަށްފަހު ވަގަށް ގެންދިޔަ ތަކެތި ހޯދައިފި

Jul 20, 2022

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) ފަޅާލުމަށްފަހު ވަގަށް ގެންދިޔަ ތަކެތި ފުލުހުން ހޯދައިފި އެވެ.

ފުލުހުން ބުނީީ އެފްޕީއޭ ފަޅާލާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނު ކަމަށެވެ.

މިމައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާ އެކު ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވަގަށް ނަގާފައިވާ ތަކެތި ހޯދުމަށް ގަލޮޅު ޕޮލިސް ސްޓޭޝަނުން ހާއްސަ މަސައްކަތްތަކެއް ފެށި ކަަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

ފުލުހުން ބުނީ އެފްޕީއޭ ހިމެނޭ ސަރަހައްދު ބަލައި ފާސްކޮށް ވަގަށް ނަގާފައިވާ އަށް ލެޕްޓޮޕާއި ދެ އައިފޯނާ އަދި އެހެނިހެން ބައެއް ތަކެތިވެސް ހޯދާފައިވާ ކަމަށެވެ.

ވައްކަމުގެ މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް ފުލުހުން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

މި ދެ މައްސަލަ ގަލޮޅު ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.