އައިޝަތު ނަހުލާ

އައިކޯގެ މަތީ ފަންތީގެ ބައްދަލުވުމެއްގެ ވައިސް ޗެއާ އަކަށް ނަހްލާ

Jul 21, 2022
2

އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ބާއްވާ މަތީ ފަންތީގެ ބައްދަލުވުމެއްގެ ވައިސް ޗެއާޕާސަންގެ މަގާމަށް ރާއްޖޭގެ ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އިންތިހާބުކޮށްފި އެވެ.

މިނިސްޓަރު ނަހްލާގެ ނަން ހުށަހެޅީ ސިންގަޕޫރުންނެވެ. އެ ހުށަހެޅުމަށް ތާއީދުކުރީ ގްރީސް އިންނެވެ.

ނަހްލާ ހޮވާފައިވަނީ ކެނެޑާގެ މޮންޓްރިއަލްގައި މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްދާ ބައްދަލުވުމެއްގެ ވައިސް ޗެއާޕާސަންގެ މަގާމަށެވެ.

މިބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ދުނިޔޭގެ ވައިގެ ދަތުރުފަތުރާ ގުޅިގެން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ތެޔޮ އެންދުން މަދުކުރުމާއި ތެލަށް ކުރާ ހަރަދު ކުޑަކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ.

ވައިގެ ދަތުރުފަތުރުގެ ތަޖުރިބާކާރުންނާއި ގައުމުތަކުގެ ކަމާގުޅޭ ވަޒީރުން ބައިވެރިވާ މިބައްދަލުވުމުގެ މުހިއްމު ނިންމުންތައް އައިކާއޯގެ ކުރިއަށް އޮތް އާންމު ބައްދަލުވުމަށް ހުށަހަޅާ ގޮތްތަކެއް ނިންމާނެ އެވެ.

ބައްދަލުވުމުގައި މިނިސްޓަރު ނަހްލާ ދެއްކެވި ވާހަކަފުޅުގައި ތިމާވެއްޓާއި މޫސުމީ މައްސަލަތަކުގައި އެންމެ ބޮޑު ގެއްލުމެއް ލިބޭނެ އެއް ގައުމަކީ ރާއްޖެ ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ އައިކާ އިން ކުރާ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތަކުގެ ރާއްޖެއިން ބައިވެރިވެ ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.