އޮމްބަޑްސްޕާސަންގެ އޮފީސް

އޮމްބަޑްސްޕާސަން އޮފީހަށް ހިލޭ ގުޅޭނެ ނަމްބަރެއް

Jul 23, 2022

ޗިލްޑްރަންސް އޮމްބަޑްސްޕަސަންގެ އޮފީހަށް މައްސަލަތައް ހުށަހެޅުމަށް ހިލޭ ގުޅޭނެ ނަންބަރެއް ތައާރަފްކޮށްފި އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޖުލައި 23، 2020 ގައި އުފައްދާފައިވާ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހަށް ހިލޭ ގުޅޭ ނަންބަރަކީ 1656 އެކެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ދެ އަހަރު ފުރުމާ ގުޅިގެން ހިލޭ ގުޅޭ ނަންބަރެއް ތައާރަފް ކުރީ ފަސޭހަކަމާއެކު މައްސަލަތައް ހުށަހެޅޭނެ އިންތިޒާމެއް ހަމަޖެއްސުމަށެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، އދ.ގެ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާއަށް ދައުލަތުގެ މުއައްސަސާތައް އަމަލުކުރާ މިންވަރު ދެނެގަތުމާއި، ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި، މުވައްޒަފުން މޮނިޓާކޮށް، އިވެލުއޭޓްކުރުމާއި، ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުންގެ އަމަލުތައް ތަހުގީގުކޮށް މުތާލިއާކުރުމެވެ.