މިނިސްޓްރީ އޮފް ހޯމް އެފެއާޒް

ހަރަދު ކުޑަކުރުމަށް މިނިވަން ދުވަހުގެ ފުޅަނދުބުރު ކެންސަލްކޮށްފި

Jul 24, 2022
5

ހަރަދު ކުޑަކުރުމުގެ ގޮތުން މިނިވަން ދުވަހުގެ ފުޅަނދުބުރު ކެންސަލްކޮށްފި އެވެ.

ފުޅަނދު ބުރާއި މިނިވަން ދުވަހުގެ ޖަލްސާ ކެންސަލް ކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީގެ އޮފިޝަލަކު ޔަގީންކޮށްދެއްވާފައިވެ އެވެ. ނަމަވެސް ކެންސަް ކުރި ވަކި ސަބަބެއް ވިދާޅުވެފައެއް ނުވެ އެވެ.

މިނިވަން ދުވަހާ ގުޅިގެން ހޯމް މިނިސްޓްރީން މިހާރު ނިންމާފައިވަނީ އެ ދުވަހުގެ ހެނދުނު ހަމައެކަނި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބޭއްވުމަށެވެ.

ހޯމް މިނިސްޓްރީން ފުޅަނދު ބުރު ބާއްވަން ނިންމާ އެކަން އިއުލާން ކުރީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅު އެޅުމަށް ފިނޭންސް މިނިސްޓްރީން ދައުލަތުގެ އިދާރާތަކަށް އަންގާފައި ވަނިކޮށެވެ.

ހަރަދު ކުޑަކުރަން ނިންމާފައި ވަނިކޮށް ފުޅަނދުބުރު ބާއްވަން ނިންމުމުން އެތައް ބައެއްގެ ފާޑު ކިޔުންވެސް ހޯމް މިނިސްޓްރީއަށް އޭރު އަމާޒުވެފައިވެ އެވެ.

އެންމެ ފަހުން ފުޅަނދުބުރު ބާއްވާފައިވަނީ ރާއްޖޭގެ 54 ވަނަ މިނިވަން ދުވަހާ ގުޅުވައިގެން 2019 ވަނަ އަހަރު އެވެ.

މިނިވަން ދުވަހާ ގުޅުވައިގެން ބާއްވާ ފުޅަނދުބުރުތަކަކީ އަބަދުވެސް އާންމުންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބޭ ހަރަކާތެކެވެ.