ޔުނައިޓެޑް އަރަބް އެމިރޭޓްސް

ޔޫއޭއީގެ ވިޒް އެއާގެ ދަތުރުތައް ރާއްޖެއަށް ފަށަނީ

Jul 24, 2022

ޔޫއޭއީގެ ވިޒް އެއާގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމައިފި އެވެ.

މިއަހަރުގެ އޮކްޓޫބަރުގެ ތެރޭގައި މިދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ޔުއޭއީގެ ވެރިރަށް އަބޫދާބީން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށެވެ.

ކޮންމެ ހަފުތާއެއްގެ އާދިއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ކުރުމަށް ހަމަޖެހިފައިވާ ދަތުރުތަކުގައި އެއްކޮޅު ޓިކެޓެއްގެ އަގަކީ 1،333 ރުފިޔާ އެވެ.

އޮކްޓޫބަރު ހަތަރުވަނަ ދުވަހު ފަށާ ދަތުރުތަކުގެ ޓިކެޓް، ވިޒް އެއާގެ ވެބްސައިޓާއި އެޕްލިކޭޝަނުން ބުކް ކުރެވޭނެ އިންތިޒާމު ވެސް މިހާރު ވަނީ ހަމަޖައްސާފަ އެވެ.

ޔޫއޭއީގެ އަބޫދާބީ އަކީ ދިވެހިން އެންމެ ގިނައިން ދަތުރުކުރާ މަންޒިލްތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.