ވިޔަފާރި

ރަޝިއާއާ ޔޫއޭއީ ގުޅި، ދުވެލިބާރު މަތިންދާބޯޓް އުފައްދަނީ

ރަޝިއާގެ ޔުނައިޓެޑް އެއާކްރާފްޓް ކޯޕަރޭޝަނުން ކުރިން އުފައްދަން މަސައްކަތްކުރި މޮޑެލްތައް ދޫކޮށްލައި ޔޫއޭއީ އަމިއްލަ އިންވެސްޓްމަންޓް ކުންފުނި، މުބާދަލާ އާ ގުޅިގެން އާ މޮޑެލްތައް އީޖާދު ކުރަން ނިންމައިފި އެވެ.

ރަޝިއާގެ މިނިސްޓާ އޮފް އިންޑަސްޓްރީ އެންޑް ޓްރޭޑް، ޑެނިސް މަންތްރޯ ވިދާޅުވީ މަސައްކަތްތައް ކުރާނެ މީހުންނާ އިންވެސްޓް ކުރާނެ މީހުން ވެސް ހަމަޖައްސާފައިވާ ކަމަށެެވެ. އެެހެން ނަމަވެސް، އޭނާ ވިދާޅުވީ އެއްބަސްވުމެއް ގާއިމު ކުރަން ބަލާއިރު މި ކަން ކުރާނީ ކޮންގޮތަކަށްކަން އަދި ކަނޑަނޭޅޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ނިޔަލަށް ބޯޓުތަކުގެ ޑިޒައިން ފައިނަލް ކުރެވޭނެ ކަމަށާއި އަންނަ އަހަރު ހިނގަން ފަށައިގަންނައިރު ޑިޒައިނާ ގުޅުން ހުރި ހުރިހާ ކަމެއް ނިންމޭނެ ކަމަށެވެ.

ދެ ގައުމު ގުޅިގެން އުފައްދަނީ ފެންވަރު ރަނގަޅު، ވީވީއައިޕީ ޕަސެންޖަރުންނަށް ޚާއްސަ މަތިންދާބޯޓްތަކެއްކަން އެނގެ އެވެ. މިނިސްޓަރު ވިދާޅުވީ ބޯޓްތަކުގެ ފެންވަރު މިހާރު ވެސް ވަނީ ކަނޑައެޅިފައި ކަމަށާއި ގޮނޑީގެ އަދަދަކީ އަށެއް އަދި 30 ކަމަށެވެ.