އައިޖީއެމްއެޗް

އަންނަ ހޮނިހިރު ދުވަހު އައިޖީއެމްއެޗްގެ ބައެއް ހިދުމަތްތައް މެދުކަނޑާލަނީ

Jul 24, 2022

ހިޖުރީީ އާ އަހަރު ފެށޭ ދުވަހު އައިޖީއެމްއެޗްގެ ބައެއް ހިދުމަތްތައް މެދުކަނޑާލުމަށް ނިންމައިފި އެވެ.

އައިޖީއެމްއެޗް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހިޖުރީ އާ އަހަރު ފެށޭ ދުވަހާ ގުޅިގެން އެ ހޮސްޕިޓަލްގެ ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެނިހެން ކްލިނިކް ހިިދުމަތްތައް އެ ދުވަހު މެދުކެނޑޭނެ ކަމަށެވެ.

އެކަމަކު އައިޕީޑީ އަދި އިމަޖެންސީ ހިދުމަތްތައް ދިނުމަށް ނިންމާފައިވެ އެވެ. އަދި އާންމު އުސޫލުން ޓްރޯމާ އަދި އިމަޖެންސީގެ ހިދުމަތްތައް މެދުނުކެނޑި 24 ގަޑިއިރު ލިބޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

މުހިއްމު މުނާސަބަތުތަކަށް ސަރުކާރު ބަންދުކުރުމުން އެފަދަ ބައެއް ދުވަސްތަކުގައި އައިޖީއެމްއެޗްގެ ހިދުމަތްތައް ވެސް މެދުކަނޑާލުމަކީ އާންމުންގެ ކަންބޮޑުވުން އިންތިހާއަށް އޮންނަ މައްސަލަ އެކެވެ.