ވިލިމާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދާނުދީ ސަރުކާރު ކުންފުނިތަކުގެ މިފަދަ މަޝްރޫއުތަކަށް ވިލިމާލޭގެ ބިންދިނުމަށް ރައްޔިތުން ތާއީދު ނުކުރާނެ ކަމަަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އުޝާމް މިހެން ވިދާޅުވީ ސްޓެލްކޯގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ވިލިމާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފެށުމަށް ސްޓެލްކޯ އިން ނިންމުމުންނެވެ. ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫއެއް ފަށަން މަސައްކަތްކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވަނީ މިހާރު ވަނީ އިއުލާނު ކޮށްފައެވެ.
އެ ނިންމުމާމެދު ކަންބޮޑުވުން ފާޅުކުރައްވާ އެ އަވަަށުގެ މެންބަރު އުޝާމް ވިދާޅުވީ ވިލިމާލެއަކީ ބިންކުޑަ ބޯހިޔާވަހިކަމުގެ މައްސަލަ އިންތިހާއަށް އޮތް ރަށެއް ކަމަަށެވެ. އަދި ވިލިމާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދާނުދީ ސަރުކާރު ކުންފުނިތަކުގެ މިފަދަ މަޝްރޫއުތަކަށް ވިލިމާލޭގެ ބިންދިނުމަށް ވިލިމާލޭގެ ރައްޔިތުން ތާއީދު ނުކުރާނެ ކަމަށެވެ.
ސްޓެލްކޯގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ވިލިމާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފެށުމަށް ސްޓެލްކޯ ނިންމާފައިވާ ކަން އިއުލާނު ކުރީ ތާޖުއްދީން ސްކޫލް ހޯލުގައި ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ރޭ ބޭއްވި ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް އެވެ.
މިމަޝްރޫއުގެ އިތުރު ތަފްސީލްތައް މި ބައްދަލުވުމުގައި ޝަރީފް ހިއްސާކުރައްވާފައެއް ނުވެ އެވެ. އެ ކުންފުނިން ވަނީ ހުޅުމާލޭގައިވެސް ހައުސިން މަޝްރޫއެއް ހިންގާފައެވެ.