ފަލަސްތީނުގެ ބިމުގައި ގަވާއިދާ ހިލާފަށް އާބާދީތައް ގިނަވުމަކީ ސުލްހައާ އިތުރަށް ދުރަށް ދާނެ ކަމެއް ކަމަަށް ވިދާޅުވެ ފަލަސްތީނުގެ މިނިވަން ކަމުގެ ދިފާއުގައި ފޮރިން މިނިސްޓަރު އަދި އދ ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަފުޅު ދައްކަވައިފި އެވެ.
މިނިސްޓަރު މި މޭރުމުން ވާހަކަފުޅު ދެއްކެވީ "ހިސާރުކުރުމުގެ ދަށުން އިރުމަތީ ގުދުސްގައި ފަލަސްތީނުގެ ޒުވާނުން" މި ނަމުގައި ބޭއްވި ކޮންފަރެންސްގައި ދެއްކެވި ވާހަކަފުޅުގައެވެ. ޝާހިދު ވަނީ އެ ކޮންފަރެންސްގެ މުހިންމު ކަން ފާހަގަކުރައްވާ އެ މަސައްކަތަށް އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.
އަދި ފަލަސްތީން އާއި އިޒްރޭލްގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ކޮންފަރެންސް އިންތިޒާމު ކުރި ފަރާތުން ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަަށް ވިދާޅުވެ އެކަމަށްވެސް ޝުކުރު ދަންނަވާފައެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވި ގޮތުގައި ފަލަސްތީނުގެ ސުލްހައިގެ މަޝްވަރާއަކީ އެމަނިކުފާނުގެ ހިތުގައި ވަރަަށް ބޮޑު ލޯތްބެއް އޮތް މަޝްވަރާއެެކެވެ. އަދި އެއީ އދ އުފެދުނީއްސުރެ އެ ޖަމާއަތުންވެެސް ވަރަަށް ބޮޑު އިސްކަމެއް ދެއްވާ ކަމެވެ. މިނިސްޓަރު ވިދާޅުވީ ފަލަސްތީނުގެ ހައްގުތައް ހޯދުމަށް ކުރާ މަަސައްކަތުގައި ޒުވާނުންގެ ދައުރަކީ ވަރަށް މުހިންމު ދަައުރެކެވެ.
އަދި ވިދާޅުވީ ފަލަސްތީނުގެ ބިމުގައި ގަވާއިދާ ހިލާފަށް އާބާދީތައް އިތުރުކުރުމަށް އިޒްލޭން ކުރަމުންދާ މަސައްކަތުގެ ސަބަބުން ސުލްހައަަށް ދަނީ ހުރަސް އެޅެމުންނެވެ.
"ވަކިން ހާއްސަކޮށް އިރުމަތީ ގުދުސްގެ ހާލަތަކީ ފަލަސްތީނުގެ ބިމުގެ ހައްގަށް އިންކާރުކޮށް ފިތުނަވެރިކަމާއި ނުރުހުން އުފެއްދުމަށް އުފައްދާފައިވާ ހާލަތެއް. އަދި އެއީ އެއީ މާ ގިނަ ދުވަހު ކުރިއަށް ދިޔަ އަނިޔާވެރިކަމުގެ ދައުރު ދަމަހައްޓައިދޭ ކަމެއް،"
މިނިސްޓަރު ޝާހިދު މިފަހަރުވެސް ވިދާޅުވީ އިސްރާއީލު މީހުންނާއި ފަލަސްތީނުގެ މީހުންނާ ދެމެދު އިންސާފުވެރި ދެމި އޮންނަ އަދި ފުރިހަމަ ސުލްހައެއް އުފެއްދުމުގެ ހަމައެކަނި މަގަމީ ދެ ދައުލަތެއްގެ ހައްލެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ހަައްގުތައް ހޯދުމަަށް މިދިޔަ ދިގު މުއްދަތުގައި ކުރަމުން އައި މަސައްކަތުގައި ބައިވެރިވެ އެ މަސައްކަތް ކާމިޔަަބު ކޮށް ދިނުމަށް މަސައްކަތް ކޮށްދެއްވުމަަށް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ.