ރަޝިޔާ

އަރަބި ދައުލަތްތަކުން ގެންގުޅޭ ތިލަފަތް ހަމަ ސިޔާސަތަށް ލަވްރޯފް ތައުރީފް ކުރައްވައިފި

ރަޝިއާ، ޔުކްރޭން ހަނގުރާމާގައި އަރަބި ދައުލަތްތަކުން -- ޚާއްސަކޮށް އަރަބި ލީގުން ގެންގުޅޭ ތިލަފަތް ހަމަ ސިޔާސަތަށް ރަޝިއާގެ ފޮރިން މިނިސްޓަރު، ސަރުގޭ ލަވްރޯފް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފި އެވެ.

މިސްރުގެ ވެރިރަށް ކައިރޯގައި އޮތް އަރަބި ލީގުގެ ބައްދަލުވުމެއްގައި ތަގުރީރު ކުރައްވަމުން ލަވްރޯފް ވިދާޅުވި ގޮތުން އަރަބީ ގައުމުތަކުން ގެންގުޅެނީ ޒިންމާދާރު، ތިލަފަތް ހަމަ އަދި ރަޝިއާ ހިތްހަމަޖެހޭ ސިޔާސަތެއް ކަމަށެވެ.

އަރަބި ދައުލަތްތަކާ އެކު ރަޝިއާ ވަރަށް ގާތް ގުޅުމެއް ބާއްވާނެ ކަަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އަރަބި ގައުމުތަކުގައި އިތުރު އިންވެސްޓަންޓްތައް ކުރައްވާނެ ކަމަށެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމަ ކުރި ނަަމަވެސް ދުނިޔެ ބަނޑަށް ނުޖެހޭނެ ކަމަށް ލަވްރޯފް ވިދާޅުވި އެވެ. ދުނިޔެއަށް ކާބޯތަކެތި ފޯރުކޮށް ދިނުމުގައި ޖެހިގެން އުޅޭ މައްސަލަ އަކީ ހުޅަނގުގެ ނުފޫޒު ގަދަވުން ކަމަށް ވެސް ވިދާޅުވި އެވެ.

ހުޅަނގުން ރަޝިއާއަށް ގަދަފަދަ ފިއްތުންތައް ކުރިމަތި ކުރުމުން ގައުމުތަކަށް ގޮވާން ބޭރުކުރުމުގައި ދަތިތައް ހުރި ކަމަށް ވަޒީރު ވިދާޅުވި އެވެ. އެފަދަ ތާށިކަމެއް ނެތް ނަމަ އެއްވެސް ކަމަކަށް ދަތި ނުވީސް ކަމަށް ވެސް ވިދާޅުވި އެވެ.

ލަވްރޯވް ވިދާޅުވި ގޮތުން ދުނިޔެއަށް ޖެހުނު ތަކުލީފެއް ޖެހުނީ ކޮވިޑާ ގުޅިގެންނެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި ދުނިޔެއަށް އައި ބަދަލު އަދި ކިރިޔާ ތަޖުރިބާ ކުރެވެން ފެށީ ކަމަށް ވެސް ވިދާޅުވި އެވެ.

ލަވްރޯފް އެފްރިކާއަށް ކުރައްވާ ދަތުރެއްގައި މިސްރަށް ވަޑައިގެން އަރަބި ލީގުގެ ވެރިޔާ އަހުމަދު އަބޫލް ޣައިތުއާ ބައްދަލު ކުރެއްވި އެވެ. އަދި އަރަބި ލީގަށް ނިސްބަތް ކުރެވޭ 22 ގައުމެއްގެ އޮފިޝަލުންނާ ބައްދަލު ކުރެއްވި އެވެ.

އަރަބި ލީގުގެ ބައްދަލުވުމުގައި ޔުކްރޭން، ސީރިއާ އަދި ފަލަސްތީނާ ބެހޭ ގޮތުން ލަވްރޯފް މަޝްވަރާ ކުރެއްވި އެވެ.