ދުނިޔެ

މިސްރު މީހުން ޔުކްރޭނަށް ދަތުރު ނުކުރުމަށް އަންގައިފި

ޔުކްރޭންގައި މިވަތުގު އޮތް ހާލަތަށް ބަލާއިރު އެ ގައުމަށް ގޮސް އައިސްވުމަކީ ރައްކާތެރި ކަމެއް ކަމަށް ނުފެންނާތީ މިސްރުގެ އާންމު ރައްޔިތުން -- ކޮންމެހެން ދަތުރެއް ކުރަން ޖެހިފައި ނުވާ މީހުން އެ ގައުމަށް ނުދިއުމަށް އަންގައިފި އެވެ.

މިސްރުގެ ފޮރިން މިނިސްޓްރީގެ ބަޔާނުފައި އަދި ބުނެފައިވަނީ ޔުކްރޭންގައި މިހާރު ތިބި އާއިލާތަކާއި ވަކިވަކި ފަރުދުން ވެސް އެ ގައުމުން ފޭބުން އެދެވޭ ކަމަށެވެ.

ޔުކްރޭންގައި އޮތީ ހަނގުރާމާއިގެ މަސްރަހެއް ކަމަށް ބަޔާނުގައި ވަނީ ބުނެ އަންގާފަ އެވެ. ސިޔާސީ ގޮތުން އަދި ފަރުދުންގެ ފިކުރީ ނަޒަރިއްޔާ ވެސް ވަކި ގައުމަކަށް ރައްކާތެރިކަންް ކަށަވަރު ނުކޮށްދޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވާ ގޮތުން ކޮންމެހެން ވެސް ތިބެން ޖެހިއްޖެ ބަޔަކު ޔުކްރޭންގައި މަޑުކުރި ނަމަވެސް، ބަލައިގެން އުޅުމަށާއި ހަނގުރާމައާ ގުޅުން ހުރި އެއްވެސް ހިސާބަކަށް ދަތުރުނުކުރަން ވަނީ އަންގާފަ އެވެ.

ޔުކްރޭންގައި މިހާރު ތިބި މިސްރު މީހުންގެ ލީޑަރެއް ގޮތުގައި ހަރަކާތްތެރިވާ އަލީ ފާރޫގު ބުނީ ކާބޯތަކެތި ލިބޭނެ ގޮތްތައް ހުރި ނަމަވެސް، ތަންތަނަށް ގޮސް އައިސްވުން ދަތި ކަމަށެވެ. އެހެންނަމަވެސް ވެރިރަށް ކިޔެވްގައި މާބޮޑު މައްސަލައެއް ނެތް ކަމަށް އޭނާ ބުންޏެވެ.

އަލީ ފާރުގު ބުނި ގޮތުން ޔުކްރޭންގައި އަދިވެސް 500 އެއްހާ މިސްރު އާއިލާ ދިރިއުޅެ އެވެ. އެ ހުރިހާ މީހުން ވެސް ތިބީ ރައްކާތެރި ތަންތަނުގައި ކަމަށް އޭނާ ބުންޏެވެ.

މިސްރުގެ ފޮރިން މިނިސްޓްރީން މި ފަހަރު ބަޔާން ނެރުނީ ރަޝިއާ ސިފައިން ކިޔެވްއަށް ހަމަލާ ދިނުމާ ގުޅިގެންނެވެ.

ކްރައިމިއާ ބްރިޖަށް ހަމަމާދީ ގޮއްވާލުމުގެ ފަހަތުގައި އޮތީ ޔުކްރޭން ކަމަށް ބުނެ ޔުކްރޭނަށް ދޭ ހަމަލާތައް ރަޝީއާ ވަނީ ވަރުގަދަކޮށްފަ އެވެ. އެންމެ ވަރުގަދައަށް ހަމަލާ ދިން އަވަށްތަކުގެ ތެރޭގައި ކިޔެވް ހިމެނެ އެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނާ ގޮތުން ރަޝިއާއިން އިން ކަނޑައަޅާފައި އޮތް ތަނަކަށް ޔުކްރޭނުން ފަނާކުރަނިވި ހަމަލާއެއް ދީފި ނަމަ އަދި ވެސް ބަދަލު ހިފާނެ އެވެ. ޑިފެންސް މިނިސްޓްރީން ބުނީ ބާރުގަދަ ހަތިޔާރު އަދި ހުރީ ކަމަށެވެ.