ދުނިޔޭގައި ހިނގައިދާ ކޮންމެ ހަނގުރާމައަކަށް ވެސް އަދި މިހާތަނަށް ނިމުމެއް އަައިސްފައިވާ ނުވާ ކަމަށް ރަޝިއަން ސެކިއުރިޓީ ކައުންސިލްގެ ނައިބު ދިމިތުރީ މެދުވެދޭފް ވިދާޅުވެއްްޖެ އެވެ.
ވެދުވެދޭފް އަދި ވިދާޅުވީ ޔުކްރޭން ހަނގުރާމައަށް ވެސް ނިމުމެއް އޮންނާނެ ކަމަށެވެ.
ކޮންމެ ހަނގުރާމައެއް ވެސް ނިމެނީ އެއްބަޔަކު ބަލިވެގެން ނުވަތަ އެއްބަސްވެވޭ މުއާހަދާއަކުންނެވެ.
ޔުކްރޭން ހަނގުރާމަ ހުއްޓާލުމަށް ސުލްހައިގެ މަގު އިޚުތިޔާރު ކުރެވިދާނެ ކަމަށް ދިމިތުރީ މެދުވެދޭފް ވިދާޅުވި އެވެ.
އެ ނޫން ގޮތެއްގައި ދެން އޮތީ ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްގެން ގަދަވެގަތުން ކަމަށްވެސް މެދުވެދޭފް ވިދާޅުވި އެވެ.
ރަޝީއާގެ ޓާސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ސެކިއުރިޓީ ކައުންސިލްގެ ނައިބު ވިދާޅުވީ އެމެރިކާއަށް އަމާންދީ ޖަޕާނުން ހަނގުރާމަ ހުއްޓާލީވެސް އެ ގައުމުގެ ދެ އަވަށަކަށް -- ހީރޮޝީމާ އާށައި ނަގަސާކީ އަށް އެމެރިކާއިން ވައްޓާލި ނިއުކްލިއާ ދެ ބޮމުގެ ސަބަބުން ކަމަށެވެ.
މެދުވެދޭފް ވިދާޅުވި ގޮތުގައި ދެ ގައުމެއްގެ ދެމެދުގައި ފެށިފައި އޮތް ހަނގުރާމައެއް ނަމަވެސް ނުވަތަ ދުނިޔޭގެ ނިސްބަތުން ބޮޑު ހަނގުރާމައެއް ނަމަވެސް، ސުލްހަ ގާއިމުކުރެވޭހާ އަވަހަށް އެ ހަނގުރާމައެއް ހުއްޓުނީ ކަމަށެވެ.
"ދެން އޮތީ އެމެރިކާއިން ހަނގުރާމަ ހުއްޓުވި ގޮތް،" މެދުވެދޭފް ވިދާޅުވި އެވެ.
އެއީ ނިއުކްލިއާ ބޮން އަޅައި ޖަޕާނުން 300،000 މީހުން މަރާލި ގޮތް ކަމަށްވެސް މެދުވެދޭފް ވިދާޅުވި އެވެ.
ޔުކްރޭން ހަނގުރާމައަށް އޮތް އެންމެ އަވަސް ހައްލަކީ އެ ހިސާބުން ނޭޓޯ ދުރަށް ދިއުން ކަމަށްވެސް މެދުވެދޭފް ވިދާޅުވި އެވެ. ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުން ނޭޓޯ ގައުމުތަކުން ހަމަ ހުއްޓާލާ ތަނުން ހަނގުރާމަ ހުއްޓުނީ ކަމަށް ވެސް ވިދާޅުވި އެވެ.
ޔުކްރޭން ހަނގުރާމަ އަކީ މިހާރު ރަޝިއާ އާއި ޔުކްރޭނާ ދެމެދު ހިނގާ ހަނގުރާމައެއް ނޫން ކަމަށް މެދެވުދޭފް ވިދާޅުވި އެވެ. އެއީ އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕިއަން ޔޫނިއަނުން -- ނޭޓޯގެ ނަމުގައި ހިންގާ ބޮޑު ޖަރީމާއެއް ކަމަށްވެސް ވިދާޅުވި އެވެ.