ހަބަރު

އެމްޓީސީސީ މުވައްޒަފުން ހައްޖަށް ފޮނުވައިދޭން ފަށައިފި

  • ކޮންމެ އަހަރަކު ތިން މުވައްޒަފުން ހައްޖަށް ފޮނުވާނެ
  • މިއީ ކުންފުނިން މުވައްޒަފުންނަށްދޭ ހަދިޔާއެއް
  • މިއީ ކުންފުނިން މިކަން ތައާރަފް ކުރި ފުރަތަމަ ފަހަރު

މޯލްޑިވްސް ޓްރާންސްޕޯޓު އެންޑު ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފުރަތަމަ ފަހަރަށް އެކުންފުނީގެ ތިން މުވައްޒަފަކަށް ހައްޖަށް ދިޔުމުގެ ފުރުސަތު ދީފި އެވެ.

އެމްޓީސީސީއަށް 35 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ހައްޖުގެ ދަތުރު ލިބުނު މުވައްޒަފުންނަށް ލިޔުން ހަވާޅުކޮށްދެއްވީ ޖައްލަސާގެ ޝަރަފްވެރި މެހެމާން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

ހައްޖުގެ ދަތުރު ލިބުން ތިން މުވައްޒަފުންނަކީ އަބްދުލް މުހުސިނާއި އަހުމަދު ސާޖިދުގެ އިތުރުން ހަސަން އަލީ އެވެ.

މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގް ހަލީމް ވިދާޅުވީ މިއީ އެކުންފުނީގެ ހަރަދުގައި ފުރަތަމަ ފަހަރަށް މުވައްޒިފުން ހައްޖަށް ފޮނުވާ ފަހަރު ކަމަށެވެ. އަދި ކުރިޔަށް އޮތްތާ ކޮންމެ އަހަރަކު ވެސް މުވައްޒިފުން ހައްޖަށް ފޮނުވަން ރާވައިފަވާ ކަމަށް ސީއީއޯ ވިދާޅުވި އެވެ.