ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ހާއްސަ ޕްރޮމޯޝަނެއް އިއުލާންކޮށްފި އެވެ.
މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 100 ޖީބީގެ ޑޭޓާ އެޑް-އޮން 125 ރުފިޔާ އަށް ނެގޭނެ އެވެ.
ދިރާގު ޕްރީޕެއިޑްގެ ކޮންމެ ޕްލޭނަކަށް ސަބްސްކްރައިބް ކޮށްފައިވާ ފަރާތަކަށްވެސް މިނިވަން ދުވަހުގެ ހާއްސަ އެޑް-އޮން އަށް ހުށަހެޅޭނެ އެވެ. މީގެ ތެރޭގައި މަމެން، ސަޅި ޕްރީޕެއިޑް، އަމަރް ޕްރީޕެއިޑް އަދި ހެލޯ ޕްރީޕެއިޑް ޕްލޭންގެ ކަސްޓަމަރުން ހިމެނެ އެވެ.
ދިރާގުގެ މި އޮފާ ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިއަދުން ފެށިގެން ޖުލައި 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް މި އެޑް-އޮން އެކްޓިވޭޓް ކުރެވޭނެ އެވެ. ނުވަތަ ‘Data125’ ޖެހުމަށްފަހު 343 އަށް އެސްއެމްއެސް ކޮށްލައިގެންވެސް މި އެޑް-އޮން ނެގޭނެ އެވެ.
ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށެވެ.