ދިރާގު

މިނިވަން ދުވަހު ދިރާގުން އިންސްޓެކްސް މިނީ 12 އެއް ހޯދުމުގެ ފުރުސަތު

މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ހާއްސަ ސޯޝަލް މީޑިއާ ކޮންޓެސްޓެއް ލޯންޗުކޮށްފި އެވެ.

މި ހަރަކާތުގައި ބައިވެރިވެގެން ގުރުވަތުން ނެގޭ ތިން ނަސީބުވެރިންނަށް އިނާމެއްގެ ގޮތުގައި އިންސްޓެކްސް މިނީ 12 ކެމެރާއެއް ހޯދުމުގެ ފުރުސަތު އެކުންފުނިން ވަނީ ހުޅުވާލާފަ އެވެ.

ދިރާގުން ބުނި ގޮތުގައި މި ކޮންޓެސްޓް ކުރިއަށް ގެންދިޔުމުގެ މައިގަނޑު މަގްސަދަކީ މިނިވަން ދުވަހުގެ ރޫހު މުޖުތަމައުގެ ތެރޭގައި ދިރުވާ އާލާކުރުމެވެ.

އެގޮތުން ކޮންމެ ފަރާތަކުންވެސް މިނިވަން ދުވަހުގެ ހާއްސަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްލައިގެން މި ހަރަކާތުގައި ބައިވެރިވެވޭނެ އެވެ. ފޮޓޯ ހިއްސާކުރަން ވާނީ ފޭސްބުކް، އިންސްޓަގްރާމް ނުވަތަ އެކްސްގައި #Minivan26 ހޭޝްޓެގާ އެކު ދިރާގު ޓެގް ކުރުމަށް ފަހުއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 29 ވާ ހޯމަ ދުވަހުގެ ނިޔަލަށެވެ. އަދި ފޭސްބުކް، އިންސްޓަގްރާމް އަދި އެކްސް – މި ތިން ސޯޝަލް މީޑިއާގެ ތެރެއިން ކޮންމެ ޕްލެޓްފޯމަކުންވެސް އެއް ނަސީބުވެރިއަކު ހޮވިގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ. އަދި އިނާމެއްގެ ގޮތުގައި ފުޖީފިލްމް އިންސްޓެކްސް މިނީ 12 އިންސްޓަންޓް ކެމެރާ އަކާއި އިންސްޓެކްސް މިނީ އިންސްޓަންޓް ފިލްމް ޕެކެއްވެސް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މީގެ އިތުރުން، މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މި ޗުއްޓީ ހަފްތާ ބަންދު ތެރޭގައި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 75 ރުފިޔާއަށް 100ޖީބީ ލިބޭ ޕްރޮމޯޝަނެއްވެސް އެކުންފުނިން ކުރިއަށްގެންދާނެ އެވެ.