ދުނިޔެ

ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ގުރީކުގައި

ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ގުރީކަށް ވަޑައިގެން އެ ގައުމުގެ ބޮޑުވަޒީރު ކިރިއަކޮސް މިޓްސޯޓަކިސްއާ ބައްދަލު ކުރައްވައިފި އެވެ.

ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާ ތަކަށް ފަހު ދެ ގައުމުގެ ޝައުގުވެރިކަން ފުށުނާރާ -- އެއްބާރުލުމުގެ އެއްބަސްވުން ތަކެއްގައި ވަނީ ސޮއިކޮށްފަ އެވެ.

އޭގެ ތެރޭގައި އަސްކަރީ، އިގުތިސޯދީ، ސައިންސާއި ޓެކްނޮލޮޖީ އަދި ރައްކާތެރިކަމާ ބެހޭ ގޮތުން އެއްބާރުލުމަށް ދެ ގައުމުން ނިންމައި ސޮއިކުރި އެއްބަސްވުންތައް އެވެ.

މުހައްމަދު ބިން ސަލްމާން ވިދާޅުވި ގޮތުގައި ގުރީކާ އެކު އެއްބާރުލުމުގައި ސައޫދީ ދެމިއޮންނާނެ އެވެ. އަދި ގުރީކާ އެކު "ގްރީން ހައިޑްރޯޖަން" ޕްރޮޖެކްޓާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވެސް ވިދާޅުވި އެވެ.

ބޮޑުވަޒީރު ކިރިއަކޮސް މިޓްސޯޓަކިސް ވިދާޅުވި ގޮތުގުން ސައޫދީގެ ވެރިއަކު ގުރީކަށް ވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެކެވެ. އަދި ވަލީއަހުދުގެ ދަތުރުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ޒަމާނަށް ފެތި ބަދަހިވެގެން ދާނެ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

ސައޫދީ އަރަބިއްޔާގެ ސަލްމާން ރަސްގެފާންގެ ޒައާމަތުގައި، ސައޫދީ ދުނިޔެއަށް ހުޅުވާލުމަކީ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ. ސައޫދީގެ އިގުތިސޯދު ތެލާ ދުރަށް ގެންދިއުމަށް ޓަކައި ވެސް ވަނީ އަގުބޮޑު ޕްރޮޖެކްޓްތަކެއް ފަށާފަ އެވެ.

ޒަމާނުއް ސުރެ ގާތްކަން އޮންނަ ގައުމުތަކަށް ވަޑައިގެން ސައޫދީ އާއެކު ވިޔަފާރި ފުޅާކުރުމަކީ ވެސް ސައުދީން މިހާރު ގެންގުޅޭ ވިސްނުމެކެވެ. މިފަދަ މަައްކަތްތަކުގައި ރަސްގެފާން ފަރާތުން އެންމެ އިސްކޮށް އުޅުއްވަނީ ދަރިކަލުން މުހައްމަދު ބިން ސަލްމާން އެވެ.