ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ އަނިޔާވެރިކަން އިތުރު ވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
ރިޔާޒް މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ދިވެހި ފުލުހުންގެ ހިދުމަތައް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށް ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވައެވެ. ޝުޖާއު މިހެން ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ އެއްވުންތައް ރޫޅާލުމަށް ދިވެހި ފުލުހުން ލައްވައި ރައްޔިތުންނާ ދޭތެރޭ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރާ މަންޒަރު ފެންނަ ކަމަށް ވިދާޅުވެ ރޭ ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ވަހީދުގެ ވެރިކަމުގައި ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ފުރުއްވި އަދި ދިވެހި ފުލުހުންގެ ހިދުމަތުގައި ޝަރަފުވެރި ތާރީހެއް އޮތް ރިޔާޒު ވިދާޅުވި ގޮތުގައި ރައީސް ޔާމިނުގެ ވެރިކަމުގަ ފުލުހުންގެ ހިދުމަތް ބޭނުން ކުރައްވާފައި ވަނީ މީހުން ފުރޭމް ކުރުމަށެވެ. އަދި ގާނޫނީ އިމުން ބޭރުން މީހުން ހިފާ ހައްޔަރު ކުރުމަށެވެ. ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ފުލުހުންގެ މުޅި މުއައްސަސާ އޮތީ ބޮއްސުންލާފައި ކަމަށްވެސް ވިދާޅުވިއެވެ. އިސްލާހު ކުރުމަށް ކޮށްދެއްވި ކަމެއް ނެތް ކަމަށް ވިދާޅުވިއެވެ.
އަދި ވިދާޅުވީ ރައީސް ޔާމީނަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ އަނިޔާވެރިކަން އިތުރު ވާނެ ކަމަށެވެ.
ރިޔާޒަކީވެސް ރައީސް ޔާމީންގެ ވެރިކަމުގައި ގިނަ ދުވަސްތަކަކު ޖަލުގައި ހޭދަކުރައްޗަން ޖެހިވަޑައިގެން ބޭފުޅެކެވެ. އެމަނިކުފާނުގެ ވެރިކަމަކީ ރާއްޖޭގެ ފަހުގެ ތާރީހުގައި ނުދެކޭ މިންވަރަށް ސިޔާސީ ލީޑަރުންނާއި އެކްޓިވިސްޓުން އަދި ފަނޑިޔާރުން ޖަލުގައި ބަންދުކޮށްގެން ގެންގުޅުނު ދުވަސްވަރެކެވެ. ރައީސް ޔާމީންގެ ކެބިނެޓްގައި ހިމެނިވަޑައިގެން ވަރަށް ގިނަ ބޭފުޅުންވެސް ޖަލުގައި ހޭދަ ކުރައްވަން ޖެހިވަޑައިގަތެވެ. އިދިކޮޅު ހުރިހާ ލީޑަރުންހެން ތިއްބެވީ ޖަލުގައެވެ. ރައީސް ޔާމީންގެ ބޭބޭ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްވެސް އަށެއްކަ މަސް ދުވަހު ޖަލުގައި ހޭދަ ކުރައްވަން ޖެހިވަޑައިގަތެވެ.