ލައިފްސްޓައިލް

ފެން ނުވަރާތާ 22 އަހަރު، ސަބަބު އެނގޭތަ؟

އިންޑިޔާގެ ބިހާޜުގެ މީހަކު އެއްގޮތަކަށް ވެސް ފެން ނުވަރާތާ 22 އަހަރު ވެއްޖެ އެވެ. ބައިކުންތުޕޫރު އަވަށުގައި ދިރިއުޅޭ ދަރަމްދޭވް ރާމް ނަމަކަށް ކިޔާ މި މީހާ ފެން ނުވަރަނީ އަމިއްލަ އަށް ކޮށްގެން ހުރި ހުވައަކާ ގުޅިގެންނެވެ.

އޭނާ ހުވާ ކުރީ އަންހެނުންނަށް ކުރާ އަނިޔާތަކާއި، ބިން ބިމުގެ މައްސަލަތަކާއި ކުށެއް ނެތް ޖަނަވަރުން މެރުން މުޅިން ނުހުއްޓެނީސް ފެން ނުވަރަން ކޮށްފައިވާ ހުވަ އެވެ.

މިހާރު 40 އަހަރު ފުރިފައިވާ ދަރަމްދޭވް އަދިވެސް ހުރީ 22 އަހަރު ކުރިން ކުރި ހުވާގެ މަތީގަ އެވެ. ފާއިތުވީ 22 އަހަރު ތެރޭ އޭނާ އެންމެ ފަހަރަކު ވެސް ފެނެއް ނުވަރަ އެވެ. މި މުއްދަތުގައި އޭނާގެ ހަޔާތަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވިޔަސް އޭނާ ހަމަ ހުވާގެ މަތީގައި ދެމި ހުރީ އެވެ.

އޭނާގެ އަންހެނުންނާއި ދެ ފިރިހެން ދަރިން މި މުއްދަތުގެ ތެރޭގައި މަރުވެފައި ވެއެވެ. ނަމަވެސް އާއްމުކޮށް މީހުން މަރުވުމުން ހިންދޫން ފެންވަރާ އުސޫލުން ދަރަމްދޭވް ފެނެއް ނުވަރަ އެވެ. އަދި އޭނާގެ ހަށިގަނޑުގައި ފެން ތިއްކެއް ވެސް ޖައްސާ ނުލަ އެވެ. މަރުވުމުން ވެސް ދަރަމްދޭވް އޭނާގެ ހަށިގަނޑުގައި އެންމެ ފެން ތިއްކެއް ވެސް ޖައްސާ ނުލަ އެވެ.

ފެން ނުވެރިޔަސް ދަރަމްދޭވްގެ ހަށިގަނޑުން އެއްވެސް ކަހަލަ ބަލިމަޑުކަމެއް ނުފެންނާތީ އޭނާގެ އަވަށުގެ މީހުން ތިބެނީ ވަރަށް ހައިރާން ވެފަ އެވެ.

އޭނާއަށް ފެން ނުވަރައޭ ކިޔާފައި އެއްވެސް ބައްޔެއް ނުޖެހެ އެވެ. ފެންނަފެނުމަށް އޭނާގެ ސިއްހަތު މުޅިން ރަނގަޅެވެ.

ދަރަމްދޭވް ބުނި ގޮތުގައި މިއީ އޭނާ ތަބާވާ ކޮންމެވެސް ފާދިރީއަކު ދިން ނަސޭހަތެއް އަޑުއަހައިގެން އޭނާ ކުރާ ކަމެކެވެ. އެއީ މީގެ އެތައް އަހަރެއް ކުރިން އޭނާގެ ބިމެއް އެހެން މީހަކު ވެރިކޮށްލަން އުޅުމާއި ޖަނަވާރުންނަށާއި އަންހެނުންނަށް އަނިޔާކުރާ މަންޒަރުތައް ގިނަގިނައިން ފެނި އޭނާ އަށް ކުރަމުންދިޔަ އަސަރުތަކުން ސަލާމަތް ވެވޭނީ ފެން ނުވަރާ ހުރެގެން ކަމަށް ފާދިރީ މީހާ ބުނެފައި ވާތީ އެވެ.