ބޮލީވުޑް

އަހަރެން މިއީ ދަރިން އުފައްދާ މެޝިނެއްތަ: ކަރީނާ

ތިން ވަނަ ދަރިއަކަށް ކަރީނާ ކަޕޫރު ބަނޑުބޮޑުކަމަށް ބުނެ އިންޑިޔާ ނޫސްތަކުން ފަތުރަމުންދާ ޚަބަރުތަކަށް އޭނާ ޖަވާބު ދީފި އެވެ.

ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއު އެއްގައި ކަރީނާ ބުނީ ކިރިޔާ ބަރުދަން އިތުރުވެލާއިރަށް މީހުން އޭނާ ބަނޑުބޮޑޭ ކިޔައިގެން ވާހަކަ ދައްކަން ފަށާ ކަމަށެވެ.

"ކީއްވެތަ އަބަދު މީހުން އެހެން އެކިޔަނީ. އަހަރެން މީ ދަރިން އުފައްދާ މެޝިނެއްތަ؟ އަހަރެން ބޭނުންގޮތަކަށް އުޅެން އަހަންނަށް ދޫކޮށްލީމަ ނިމުނީނު؟" ކަރީނާ ބުންޏެވެ.

ކަރީނާ ބުނި ގޮތުގައި އޭނާ ބަނޑުބޮޑުކަމަށް ބުނެ ޝާއިއުކުރި ބައެއް ޚަބަރުތަކުގައިވާ ފޮޓޯތައް ވެސް ހުރީ އެޑިޓްކޮށްފަ އެވެ. އޭނާގެ ބަނޑު ހުންނަނީ އެގޮތަކަށް ނޫނެވެ.

ފިލްމީ ރޮނގުން ބަލާއިރު ކަރީނާގެ އާ ފިލްމު "ލާލް ސިންގް ޗައްޑާ"ގެ ޕްރޮމޯޝަން މަސައްކަތްތައް މިހާޜު ފެށިގެން ކުރިޔަށް އެބަ ދެއެވެ. އަދި ސުޖޯއީ ގޯޝްގެ ސީރީޒް "ޑިވޯޝަން އޮފް ސަސްޕެކްޓް އެކްސް"ގެ ޝޫޓީން ދާދިފަހުން އޭނާ ވަނީ ނިންމާލާފަ އެވެ. މި ސީރީޒްގައި ކަރީނާ އާއެކު ބައިވެރިވަނީ ޖައިދީޕް އަހްލާވަތު އާއި ވިޖޭ ޝަރުމާ އެވެ.

އަދި ކަރީނާ ތަންކޮޅެއް ކުރިން ކުޅުނު "ވީޜޭ ދީ ވެޑިން"ގެ ޕްރޮޑީއުސަރު ރެއާ ކަޕޫޜުގެ އާ ފިލްމެއް ކުޅެން އޭނާ ވަނީ ސޮއިކޮށްފަ އެވެ. މިއީ ވެސް "ވީރޭ ދީ ވެޑިން" ގޮތަށް ތިން އަންހެނެއްގެ ހަޔާތުގެ ސަފުހާތަކެއް ދައްކުވައިދޭ ފިލްމެކެވެ.